ގްރޭޑް 9 އާއި 12އާ ދެމެދުގައި ތަޢުލީމު ޙާސިލްކުރަމުންދާ ދަރިވަރުންނަށް، މޯލްޑިވްސް ޕޯރޓްސް ލިމިޓެޑް (އެމްޕީއެލް)ގައި އިންޓަރންޝިޕްގެ ފުރުސަތު ހުޅުވާލައިފިއެވެ. 

އެމްޕީއެލްއިން ބުނީ، 9 ދާއިރާއަކުން 14 ދަރިވަރަކަށް ހުޅުވާލާފައިވާ ފުރުސަތަށް އެދި ހުށަހެޅުމުގެ ފުރުސަތު މިހިނގާ ޑިސެމްބަރު މަހުގެ 17އާ ހަމައަށް ހުޅުވާލެވިފައިވާ ކަމަށެވެ. 

އެގޮތުން، ޑިސެމްބަރު 24، 2023ން ފެށިގެން ޖެނުއަރީ 4. 2024އާ ހަމައަށް ކުރިއަށް ގެންދާ މި ޕްރޮގްރާމުގައި ބައިވެރިވާ ކޮންމެ ދަރިވަރަކަށް، ޚާއްސަ މެންޓައެއް ހަމަޖައްސައި އެފަރާތުގެ ބެލުމުގެ ދަށުން މަސައްކަތުގެ މާހައުލުގެ އަމަލީ ހުނަރުތައް ދަސްކޮށްދީ، ތަޖުރިބާ ހޯދައިދެވޭނޭ ކަމަށް އެމްޕީއެލްއިން ބުނެއެވެ. 

މި އަހަރުގެ އިންޓާންޝިޕަށް ކަނޑައަޅާފައިވާ ދާއިރާތަކަކީ:

  • އިންޖީން ރިޕެއާ އެންޑް މެއިންޓަނަންސް – މެރިން ސެކްޝަން (2 ޖާގަ)
  • ފެބްރިކޭޝަން އޮފް ބްރާސް އިމްޕެލާރ – މެޝީން ޝޮޕް (2 ޖާގަ)
  • ކާޕެންޓްރީ (2 ޖާގަ)
  • ޕަވަރަ ޖެނަރޭޝަން އެންޑް ޑިސްޓްރިބިއުޝަން – އިލެކްޓްރިކް އެންޑް އިލެކްޓްރޯނިކް (2 ޖާގަ)
  • އެޗްވީއޭސީ އެންޑް އިލެކްޓްރިކަލް ސާރވިސް – އިލެކްޓްރިކް އެންޑް އިލެކްޓްރޯނިކް (2 ޖާގަ)
  • ގްރެފިކް ޑިޒައިނިން (1 ޖާގަ)
  • ކޮޕީ ރައިޓިންގ (1 ޖާގަ)
  • ސިވިލް އިންޖިނިއަރިން / ސާވޭއިން (1 ޖާގަ)
  • އާކިޓެކްޗަރަލް ޑްރާފްޓިން (1 ޖާގަ)

އެމްޕީއެލްގައި މަސައްކަތުގެ ހުނަރާއި ތަޖްރިބާ ހޯދަން ޝައުގުވެރިވާ ދަރިވަރުން، އެ ކުންފުނީގެ ވެބްސައިޓަށް ޒިޔާރަތްކޮށްގެން އިތުރަށް ކުރިއަށް ދިއުމަށް، ނުވަތަ އެކުންފުނީގެ [email protected] އަށް ފުރުސަތަށް އެދި އީމެއިލް ކުރުމަށް އެކުންފުނިން ވަނީ އެދިފައެވެ.