ޑިންގީ ހާބަރަކާއި ފްލޯޓިންގ ޑޮކްގެ އިތުރުން އުޅަނދު ފަހަރަށް ކަރަންޓާއި ފެން ފޯރުކޮށްދިނުމުގެ ޚިދުމަތް ޤާއިމް ކުރެވޭނެގޮތަށް، ހުޅުމާލޭ ހުޅުމާލެ ސައުތު ވެސްޓް ހާބަރ ތަރައްގީކުރުމުގެ މަޝްރޫއު ޖީޕީއެލް ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑާ ހަވާލުކޮށްފިއެވެ. 

ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން، އެޗްޑީސީން، މި މަޝްރޫޢުގެ ތޭރެން، ޑިންގީ ހާބަރުގައި ވެހިކަލް ޕާކު ކުރެވޭނެ ޖާގައިގެ އިތުރުން، ވިޔަފާރިތަކަށް ޚާއްސަ އިމާރާތެއް ހުންނާނޭ ކަމަށެވެ.

ހުޅުމާލެ ސައުތް ވެސްޓް ހާރބަރ ތަރައްގީކުރުމުގެ މަޝްރޫއުގެ ކުރެހުމެއް-- ފޮޓޯ: އެޗްޑީސީ

 

މިހާބަރަކީ އެކަށޭނަ ބޮޑުމިނެއްގެ ތަނަކަނުވުމުން، ހުޅުމާލެ ސައުތު ވެސްޓް ހާބަރުގައި ޤާއިމްކުރާ ޑިންގީ ހާބަރުގެ ސަބަބުން ޑިންގީ ގެންގުޅޭ ފަރާތްތަކަށް ދިމާވާ ދަތިތަކަށް ހައްލެއް ލިބިގެންދާނެ ކަމަށް އެޗްޑީސީން ބުނެއެވެ. މީގެއިތުރުން ހުޅުމާލެގައި މިވަގުތު ކަމް ކާގޯ ވެސެލްއަށް ހާއްސަކޮށްގެން ހާބަރ އެއް ނެތުމުން، ދިމާވާ ދަތިތަކަށްވެސް މިތަން ތަރައްޤީވުމުން ހައްލު ލިބިގެންދާނެކަމަށްވެސް އެކުންފުނިން ބުނެއެވެ.

ހުޅުމާލެ ސައުތް ވެސްޓް ހާރބަރ ތަރައްގީކުރުމުގެ މަޝްރޫއުގެ ކުރެހުމެއް-- ފޮޓޯ: އެޗްޑީސީ

 

ހުޅުމާލޭ ސައުތް ވެސްޓް ހާބަރ ތަރައްގީކުރަނީ ވެހިކަލް ޕާކިން ޒޯނަކާވެސް އެކުގައިކަމުން، މާލެ ސަރަހައްދުގައި އުޅަނދު ޕާކް ކުރުމަށް ދިމާވެފައިވާ ގޮންޖެހުމަށް ކޮންމެވެސް ވަރެއްގެ ލުއެއް ލިބިގެންދާނެ ކަމަށްވެސް އެޗްޑީސީން ބުނެއެވެ. އެގޮތުން ކާރު، ސައިކަލްގެ އިތުރުން ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ޚާއްސަ ޕާކިން ސްޕޭސް ގާއިމްކުރެވޭނެއެވެ. އަދި ވިޔަފާރިއަށް ޚާއްސަ ތަންތަންވެސް މި މަޝްރޫއުގެ ތެރޭން އެތަނުގައި ތަރައްގީކުރެވިގެން ދާނޭކަމަށް އެޗްޑީސީން ބުނެއެވެ.