ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައިގައި އަންގާރަ ދުވަހު ވެރިރަށް މާލޭގައި ފެންބޮޑުވުމުގެ ސަބަބުން 3 މިލިއަން 284 ހާސް 6 ސަތޭކަ ލީޓަރުގެ ފެން ޕަމްޕުޖަހައިގެން ބޭރުކޮށްފައި ވާކަމަށް ޤައުމީ ދިފާޢީ ބާރުން ބުނެފިއެވެ.

އަންގާރަ ދުވަހުގެ އިރުއޮއްސި 6:49ގައި އެންއެމްޑީއެފުން ކުރި އެކްސް ޕޯސްޓެއްގައި ބުނީ، "ފެން ހިންދުމަށް އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްއިން ކުރަމުންދާ މަސައްކަތުގައި، މާލޭގެ 10 ސަރަހައްދެއްގައި ދަނީ މަސައްކަތްކުރަމުން،" ކަމަށެވެ.

"މިހާތަނަށް 3،284،600 ލީޓަރުގެ ފެން ވަނީ ޕަންޕުން ބޭރުކުރެވިފަ."

-- އެމްއެންޑީއެފް