ބީއެމްއެލް ކަސްޓަމަރުންގެ އިންޓަރނެޓް ބޭންކިންގ އެކައުންޓް ހޯލްޑް ކުރެވިފައިވާ ކަމަށާއި މަޢުލޫމާތު އަޕްޑޭޓްކުރަން ބުނާ "ފިޝިން" އެސްއެސްއެސްއެއް ދައުރުވާތީ އެކަމަށް ސަމާލުވުމަށް ގައުމީ ބޭންކުން އިލްތިމާސްކޮށްފިއެވެ.

ބީއެލްއެލްގެ ނަމުގައި ދައުރުވާ ފޭކް އެސްއެމްއެސްގައި ބުނަނީ، ތިޔަފަރާތުގެ ބޭންކު އެކައުންޓް ހޯލްޑްކުރެވިފައިވާ ކަމަށާއި، އެކައުންޓް އަލުން ބޭނުންކުރުމަށް މަޢުލޫމާތު އަޕްޑޭޓްކުރާން ޖެހޭ ކަމަށެވެ. އަދި އެކަމަށް ޚާއްސަ ލިންކެއްވެސް ވަނީ ދީފައެވެ. 

ބީއެމްއެލުން ބުނީ އެފަދަ ލިންކުތަކަށް ނުފިއްތުމަށާއި، ލިންކުތައް ހިމަނައިގެން އެ ބޭންކުން ކަސްޓަމަރުންނަށް އެސްއެމްއެސް ނުފޮނުވާނޭކަމަށެވެ. އެހެންކަމުން މިފަދަ މެސެޖްތަކަށް ސަމާލުވުމަށް އެބޭންކުންވަނީ އިލްތިމާސްކޮށްފައެވެ.

ބީއެމްއެލްގެ އިންޓަނެޓް ބޭންކިންގ ޚިދުމަތުގެ ރައްކާތެރިކަމާއި، ފެންވަރު ރަނގަޅުކުރުމަށް އެ ބޭންކުން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން ކަސްޓަމަރުންނަށް ބޭންކިންގ އެޕް މެދުވެރިކޮށް، ކާޑު ބްލޮކް ނުވަތަ ފްރީޒް ކުރުމާއި، އެކައުންޓަށް ލޮގިންކުރުމަށް ޓޫފެކްޓަރ އޮތަންޓިކޭޝަން ތަޢާރަފްކުރުމާއި، މޯބައިލް ބޭންކިންއަށް ލޮގިން ކުރަން މަސައްކަތް ކުރާ ކޮންމެ ފަހަރަކު އެލާރޓް އަންނަގޮތް ވެސް ވަނީ ހަމަޖައްސައިފައެވެ.