ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގައި ވޯޓުލުމުގެ ޙައްގު ލިބިފައިވާ މީހުންގެ ތެރޭން، މިހާތަނަށް 60 އިންސައްތަ މީހުން ވޯޓުލައިފިއެވެ. މިއަދު އެންމެ ކުރީކޮޅު ވޯޓުލީ ފަރާތްތަކުގެ ތެރޭގައި، ކެންޑިޑޭޓް ނަންބަރު 3 ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙާއި އަދި ކެންޑިޑޭޓް ނަމްބަރު 4 ޑރ. މުޙައްމަދު މުޢިއްޒާއި ސިޔާސީ ޕާޓިތަކުގެ އިސްފަރާތްތައް ހިމެނޭކަން ފާހަގަކޮށްލެއެވެ. 

މިއަދި މެންދުރުފަހު 2:00އާ ހަމަައަށް ވޯޓުލާފައި ވާ މީހުންގެ ޢަދަދު، 171،954އަށް އަރައެވެ. އެއީ ވޯޓު ލުމުގެ ޙައްޤު ލިބިފައިވާ 282,804 މީހުންގެ 60.80 އިންސައްތަ ވޯޓެވެ. 

ކުރީ ފަހަރާ ޚިލާފަށް ދެވަނަ ބުރުގައި މިހާތަނަށް ގިނައިން ވޯޓުލާފައި ވަނީ ފިރިހެނުންނެވެ. އެއީ 86،441 މީހުންނެވެ. އަދި ވޯޓުލާފައިވާ އަންހެނުންގެ ޢަދަދަކީ 85،513އެވެ. 

މިއަދު ހެނދުނު 8:00އިން ފެށިގެން ވޯޓުލުން ކުރިއަށް ދާއި، ވޯޓުލާން ކިޔުގައި ޖެހޭން ފުރުސަތުލިބޭނޭ އެންމެ ފަހު ވަގުތަކީ ހަވީރު، 5:00އެވެ. އޭގެ ފަހުން ވޯޓު ކިޔޫތައް ބަންދުކުރާނެއެވެ.