ދިވެހިރާއްޖެއަށް އެފަދަ ދެވަނައެއް ނުވާ ކުރިއެރުން ހޯއްދަވައިދެއްވި ވެރިޔަކީ ރައީސް އިބްރާހީމް މުޙައްމަދު ޞާލިހު ކަމަށާއި، އެހެންކަމުން ޚިޔާލާތު ތަފާތުވި ނަމަވެސް، "ދޯ ބަދަން އޭކް ޖާން ވެގެން" (ދެ ހަށިގަނޑެއްގައިވާ އެއް ފުރާނައަށް ވެގެން) ދެވަނަ ދައުރަކަށް ރައީސް އިބްރާހީމް ހޮވުމަށް ވޯޓުދިނުމަށް ޝެއިޚް އިލްޔާސް އިލްތިމާސްކުރައްވައިފިއެވެ.

އައްޑޫ ސިޓީގައި ބޭއްވި ކެމްޕޭން ޖަލްސާގައި ރައީސް އިބްރާހީމަަށް ވަރަށް ބޮޑަށް ތަޢުރީފުކުރައްވައި ޝެއިޚް ވިދާޅުވީ، އޭނާގެ ފުރާނަ ސަލާމަތްކުރުމަށް އެމްޑީޕީން ކުރި މަސައްކަތް ހަނދާން ނުނެތޭނެ ކަމަށާއި "އެ ދުވަހު ރައީސް ސޯލިހްގެ އަފްޕުޅުގައި ހިފައިގެން އަތް މައްޗަށް ނަންގަވާފައި" ތާއީދުކުރަމޭ ވިދާޅުވިކަމަށެވެ.

އޭނާ ވިދާޅުވީ، ރާއްޖޭގެ އަމަންއަމާންކަން ޤާއިމުކުރުމަށް ރައީސް އިބްރާހީމް ކޮށްދެއްވި ވަރަށް މަސައްކަތްކުރި ވެރިޔަކު ވެރިޔަކު ނާންނަ ކަމަށެވެ. އެހެންކަމުން ރައީސް އިބްރާހީމަށް ތާޢީދުކުރުމަށް، ރާއްޖޭގެ ކުދިބޮޑު އެންމެންގެ ކިބައިން ޝެއިޚް އެދިވަޑައިގަތެވެ.

"ޚިޔާލު ތަފާތު ވިޔަސް ކުދި ބޮޑު އެންމެން ޚިޔާލު ފިކުރު ތަފާތު ވިޔަސް، ނަމަވެސް އަޅުގަނޑުމެން އުޅެނީ ދޯ ބަދަން އޭކް ޖާންއަށް ވެގެން. އެގޮތަށް ރައްޔިތުންގެ ފަރާތުން އެދެނީ ރާއްޖެއަށް އެހާ ބޮޑު ކުރިއެރުމެއް ހޯއްދައިދެއްވި ރައީސްއަކު ދެވަނަ ދައުރަކަށް ހޮއްވައިދެއްވާށޭ." ޝެއިހް އިލްޔާސް ވިދާޅުވިއެވެ.