ތިލަފުށީ ފަޅުގައިއޮތް "ވާލިޔާ 7" ނަމަކަށް ކިޔާ ތެޔޮ އުފުލާ ދޯންޏެއްގައި ރޯވި އަލިފާން، އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްއިން ނިއްވާލައިފިއެވެ.

އެމްއެންޑީއެފުން ބުނީ، ތިލަފުށީ ފަޅުގައިއޮތް ތެޔޮއުފުލާ ތޯންޏޭއްގައި ރޯވެގެން އުޅޭކަމުގެ މަޢުލޫމާތި ލިބުނީ، ބުދަ ދުވަހުގެ ހެނދުނު 10:20 ކަންހާއިރު ކަމަށެވެ.

އަދި އެ ހާދިޘާގައި "މި ހާދިސާގައި ދޯނީގައި ތިބި 3 މީހަކު ފިހިގެން އައިޖީއެމް ހޮސްޕިޓަލަށް ވަނީ ގެންދެވިފަ،" ކަމަށެވެ. 

މަޢުލޫމާތު ލިބިފައިވާގޮތުން "ވާލިޔާ 7"ގައި އަލިފާން ރޯވީ، ދޯންޏަށް ތެޔޮ ބަރުކޮށްގެން އިންޖީނު ސްޓާޓްކޮށްލި ވަގުތު ސްޕާކެއް ވެގެންނެވެ. ހާދިސާ ހިނގިއިރު ދޯނީގައި 20 ހާސް ލީޓަރުގެ ތެޔޮ ބަރުކޮށްފައި ހުއްޓެވެ. އަލިފާންރޯވިދޯނި ފަޅުން ބޭަރަށް ނެރެ އަލިފާން ނިއްވުމުގެ މަސައްކަތްކުރަމުން ދަނިކޮށްވަނީ އަޑިއަށްގޮސްފައެވެ.

އެމްއެންޑީއެފުން ބުނީ "މިހާރު ދޯނީގައި ހުރި ތެޔޮ ޓޭންކުތައް ފެނުން މައްޗަށް އަރާފައިވާތީ، އެ ޓޭންކުތައް އެސަރައްދުން ނެގުމުގެ މަސައްކަތް އެމްއެންޑީއެފް މާލޭ އޭރިއާ ކޮމާންޑް، ކޯސްޓްގާޑް ސެކެންޑް ސްކޮޑްރަންގެ ސިފައިން ވަނީ ފަށާފައި،" ކަމަށެވެ.