މ.ބްލޫލައިޓް 6 ވަނަ ފަންގިފިލާގައި ގޭސް ފުޅިއެއް ގޮވައި މީހަކު ފިހިއްޖެއެވެ.

އެމްއެންޑީއެފުން ބުނީ މ. ބްލޫލައިޓް 6 ވަނަ ފަންގިފިލާގައި މި ހާދިސާ ހިނގާފައިވަނީ ގޭސް ފުޅިން އުނދުނަށް ގުޅާފައި އިން ހޮޅި ބާރުކުރަން އިން ނަޓު ދޫވެފައި ހުއްޓާ އުނދުން ރޯކުރަން އުޅުމުގެ ތެރޭގައި ކަމަށެވެ.

އެމްއެންޑީއެފްގެ ފަޔާ ފައިޓަރުން މިހާރު އެ އުނދުނަށް ގުޅާފައި އިން ހޮޅި ރަނގަޅުކޮށް، އެކަން ހައްލުކޮށްދީފައިވާ ކަމަށް އެމްއެންޑީއެފުން ބުނެއެވެ.

މި ހާދިސާގައި އެގޭގައި ދިރިއުޅޭ ދިވެހި އަންހެނެއްގެ ހަށިގަނޑުގެ 10 ޕަސެންޓް ފިހިފައިވާތީ، އަވަސް ފަރުވާއަށް އައިޖީއެމް ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށްވެސް އެމްއެންޑީއެފުން ބުނެއެވެ.

މި ހާދިސާގައި އެ ގޭގެ ދޮރެއްގެ ބިއްލޫރިގަނޑެއް ވެސް ވަނީ ތަޅައިގެން ގޮސްފައެވެ.