އެމްޑީޕީގެ މެންބަރުން ރައީސް އިބްރާހީމް މުޙައްމަދު ޞާލިހު ދޫކޮށް، އިދިކޮޅު ޕީޕީއެމްއާއެކު ގުޅިފައިވާ ސަރުކާރެއް އުފައްދާން ވިސްނުމަށް އެޕާޓީގެ ކުރީގެ ލީޑަރު އަދި ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރައީސް ނަޝީދު ވިދާޅުވީ، "ރައީސް ޞާލިޙާ ޕާޓީ ދުރުކޮށް، ޕީޕީއެމްއާއެކު ގުޅިފައިވާ ސަރުކާރެއް އުފައްދާން، އެމްޑީޕީން ވަރަށް ސީރިއަސްކޮށް ވިސްނަން އެބަ ޖެހޭ،" ކަމަށެވެ.

ރައީސް ނަޝީދު މިގޮތަށް ވިދާޅުވި ނަމަވެސް، ޕީޕީއެމްއާ އެމްޑީޕީއަކީ ސިޔާސީ ގޮތުން ރާއްޖޭގައި އެންމެ ފިކުރު ތަފާތު ދެ ޕާޓީއެވެ.

އެހެންކަމުން އެ ދެޕާޓީ ގުޅިގެން ސަރުކާރެއް ގާއިމުކުރާނީ ކިހިނެއްތޯ އުފެއްދި ސުވާލުގެ ޖަވާބުގައި އެމަނިކުފާނު ވިދާޅުވީ، "ރައީސް ޞާލިޙަށް އޮތް ތާޢީދު އެމްޑީޕީގެ ކައުންސިލުން އަނބުރާ ގެންނާން ނިންމާނީ،" ކަމަށެވެ. އަދި އެއަށްފަހު "ހުރިހާ ޕާޓީތައް ގުޅިގެން ސަރުކާރެއް އުފައްދާން އެއްބަސްވާންވީ" ކަމަށެވެ. އަދި " ރައީސުލްޖުމްހޫރިއްޔާ އަކަށް ހަމަޖައްސާނީ ޑރ. މުޢިއްޒު،" ކަމަށެވެ.