ރިޔާސީ އިންތިޚާބުގައި މިހާތަނަށް ގިނަ ބަޔަކު ވަނީ ވޯޓުލައިފައެވެ. މިފަހަރުގެ ރިޔާސީ އިންތިޚާބަކީ ރާއަޖޭގެ ތާރީޚުގައި އެންމެ ގިނަ ކެންޑިޑޭޓުން ވާދަކުރާ އިންތިޚާބެވެ. އެއީ ޖުމުލަ 8 ކެންޑިޑޭޓުންނެވެ. ޕާޓީލައިނުން 5 އަދި އަމިއްލަ ގޮތުން ވާދަކުރާ 3 ކެންޑިޑޭޓުންނެވެ. 

ކުރިއަށް އޮތް 5 އަހަރަށް ދިވެހީންގެ ރައީސުލްޖުމްހޫރިއްޔާ އަކު ހޮވާން ކުރިއަށް ގެންދާ އިންތިޚާބުގައި މިހާތަނަށް 209,017 މީހުން ވޯޓުލާފައި ވާއިރު އޭގެ ތެރޭގައި ގިނައީ އަންހެނުންނެވެ. އެއީ 104,965އެވެ. އަދި މިހާތަނަށް ވޯޓުލީ ފިރިހެނުންގެ ޖުމުލައަކީ 104,052އެވެ. 

މި އިންތިޚާބުގައި މިހާތަނަށް ވޯޓު ނުލައި ތިބި މީހުންގެ އަދަދަކީ 73,378އެވެ.