މިހާރު ކުރިއަށްދާ ރާއްޖޭގެ ރިޔާސީ އިންތިޚާބުގައި މިހާތަނަށް ޖުމުލަ 208,106 މީހުން (ވޯޓު ލުމިގެ ހައްގު ލިބިފައިވާ 74 އިންސައްތަ) ވޯޓު ލައިފިއެވެ. 

މިފަހަރުގެ އިންތިޚާބުގައި ވޯޓލުމުގެ ހައްގު ލިބިފައިވާ މީހުންގެ ޖުމުލައަކީ 282,395އެވެ. އެއީ 138,196 އަންހެނުންނާއި 144,199 ފިރިހެނުންނެވެ. 

މީގެ ތެރޭން މިހާތަނަށް ވޯޓުލާފައި ވާ އަންހެނުންގެ ޖުމުލައަކީ 104,447އަދި ވޯޓުލީ ފިރިހެނުންގެ ޖުމުލައަކީ 103,659އެވެ. 

މިފަހަރު ވޯޓުލާން ބެހެއްޓި 574 ވޯޓު ފޮށީގެ ތެރޭން 459 ފޮއްޓެއް މިހާރު ވަނީ ބަންދުކޮށްފައެވެ. އަދި އޭގެ ތެރޭން 186 ވޯޓު ފޮށި ވަނީ ގުނާން ފަށައިފައެވެ.