މިއަދު ކުރިއަށް ގެންދާ ރާއްޖޭގެ ރިޔާސީ އިންތިޚާބުގައި ވޯޓުލާން ބަހައްޓާފައިވާ ބައެއް ފޮށިތައް ބަންދުކޮށް، ގުނާންފަށައިފިއެވެ. 

މިފަހަރު ވޯޓުލާން ބެހެއްޓި ޖުމުލަ 574 ވޯޓު ފޮށީގެ ތެރޭން ބަންދުކޮށް މިހާތަނަށް ގުނާން ފަށާފައި ވަނީ 4 ފޮށްޓެވެ. އަދި ވޯޓުލާ ނިމި ބަންދުކޮށްފައިވާ ފޮށީގެ އަދަދަކީ 241އެވެ. 

މިފަހަރުގެ ރިޔާސީ އިންތިޚާބުގައި ވޯޓުލުމުގެ ހައްގު ލިބިފައިވާ 282,395 ތިބި އިރު މިހާތަނަށް ވޯޓުލީ މީހުންގެ އަދަދަކީ 193،929އެވެ. އޭގެ ތެރޭން 97،698 މީހުންނަކީ އަންހެނުންނެވެ. އަދި 96،231 މީހުންނަކީ ފިރިހެނުންނެވެ. 

މިފަހަރުގެ ރިޔާސީ އިންތިޚާބުގައި 8 ކެންޑިޑޭޓަކު ވާދަކޮށްފައިވާއިރު، ޕާޓީ ލައިނުން ވާދަކުރެއްވި 5 ކެންޑިޑޭޓުންގެ ތެރޭން 3 ކެންޑިޑޭޓަކު ވަނީ އެއްބުރުން އިންތިޚާބު ކާމިޔާބުކުރައްވާނޭކަމަށް ވިދާޅުވެފައެވެ. އޭގެ ތެރޭގައި އެމްޑީޕީގެ ކެންޑިޑޭޓް ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙު، ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުޙައްމަދު މުޢިއްޒު، އަދި ދަ ޑިމޮކްރެޓްސްގެ ރިޔާސީ ކެންޑިޑޭޓް އިލްޔާސް ލަބީބު ހިމެނިވަޑައިގަންނަވެއެވެ.