މިހާރު ކުރިއަށްދާ ރިޔާސީ އިންތިހާބު 2023ގެ ވޯޓުލުން ހަވީރު 4:00 ގައި ނިމޭނެ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ)ގެ ނައިބު ރައީސް އަދި ތަރުޖަމާނު އިސްމާޢީލް ޙަބީބު ވިދާޅުވެއްޖެއެވެ. 

ހަބީބު ވިދާޅުވީ، "4ގެ ކުރިން ކިއޫގައި ތިބި މީހުންނަށް ވޯޓުލުމުގެ ފުރުސަތު ލިބޭނެ. 4 ގެ ފަހުން ކިޔޫ އަށް ނޭރޭނެ،" ކަމަށެވެ. 

މީގެ އިތުރުން، " ވޯޓުލުމުގެ ވަގުތު އިލެކްޝަންސް ކޮމިޝަނުން އިތުރު ނުކުރާނެ،" ކަމަށްވެސް އޭނާ ވިދާޅުވިއެވެ. 

މި އިންތިޚާބުގައި ވޯޓުލުމުގެ ހައްގު ލިބިފައިވާ ޖުމްލަ 282،395 މީހުންގެ ތެރޭން 67.43 އިންސައްތަ މީހުން (190،428 މީހުން) ވަނީ ވޯޓުލައިފައެވެ. އޭގެ ތެރޭގައި ހިމެނެނީ 95،989 އަންހެނުންނާއި 94،439 އަންހެނުން ނެވެ.