ފުވައްމުލައް ސިޓީއަކީ ރާއްޖޭގެ ރާއްޖޭގެ އިޤްތިޞާދާ ތަރައްގީއަށް ވަރަށް މުހިއްމު ހިއްސާތަކެއް ކޮށްފައިވާ ސިޓީއެކެވެ. ނަމަވެސް ސަރުކާރު ތަކުގެ ހިންގުން ދޯދިޔާވުމުގެ ސަބަބުން، ރާއްޖޭގެ އެހެން އަތޮޅުތަކަށްވެސް ލިބޭންޖެހޭ ފުރިހަމަ ތަރައްގީއާއި މަންފާއިން އެ ސިޓީވެސް ވަނީ މަހްރޫމްވެފައެވެ. ނަމެއްގައި ސިޓީ ކިޔަސް، މާލެ ނޫން ރާއްޖޭގެ އެހެން ސިޓީ ތަކެކޭ އެއްފަދައިން ސިޓީއަކުން ލިބޭންޖެހޭ ފުރިހަމަ ޚިދުމަތްތަކެއް ފުވައްމުލަކުންވެސް ނުލިބެއެވެ.

ކުރިއަށް އޮތީ ރިޔާސީ އިންތިޚާބެވެ. ކެމްޕޭން ފޯރިމިވަނީ އިންތިހާއަށް ގަދަވެފައެވެ. ހޮނިހިރު ދުވަހު ލުމަށް ތާވަލުކޮށްފައިވާ ރިޔާސީ އިންތިޚާބުގެ ވޯޓު ކުޑަތަންވެފައިވާ އިރު، ދަ ޑިމޮކްރެޓްސްގެ ރިޔާސީ ކެންޑިޑޭޓް އިލްޔާސް ލަބީބު ފުވައްމުލައް ސިޓީއަށް ވެފައިވާ ވަޢުދުތަކަކީ ހަމަ ޔަގީނުންވެސް އެ ސިޓީގެ ރައްޔިތުން ވިސްނާލަން ވަރަށް މުހިއްމު ވަޢުދުތަކެކެވެ. ރިޔާސީ އިންތިޚާބުގެ އެންމެ ފަހުގެ ކެމްޕޭން ހަރަކާތްތަކަށް އިލްޔާސާއި ކުރީގެ ރައީސް ނަޝީދުވެސް ހިމެނޭހެއް ދަ ޑިމޮކްރެޓްސްގެ ޓީމެއް ފުވައްމުލައް ސިޓީއަށް ދިޔުމުން، 12 ހާހަށްވުރެ ގިނަ މީހުން ދިރިއުޅޭ އެ ސިޓީން ފެނިގެން ތާއީދާއި ހޫނު މަރުހަބާ ރަމްޒުކޮށްދެނީ މިފަދަ ތަރައްގީއަކަށް އެ ސިޓީގެ ރައްޔިތުން ފެންބޮވައިގެންފައިވާ ވަރެވެ.

ފުވައްމުލަކު ބަނދަރު:

އިލްޔާސްގެ ސަރުކާރެއް އެކުލަވާލުމުގެ ފުރުސަތު ދިވެހި ރައްޔިތުން ދީފިނަމަ، ފުވައްމުލަކަށް ކޮށްދޭން ހުރި ކަންތައްތަކުގެ ލިސްޓުގެ އެންމެ ކުރީގައި އޮތީ އެ ސިޓީގެ ބަނދަރެވެ. ފަތުރުވެރިކަމާއި، ދަތުރުފަތުރާއި އަދި ވިޔަފާރީގެ އެކިއެކި މުޢާމަލާތްތަކަށް ބޭނުންކުރާ އެ ބަނދަރުގެ ޖާގައިގެ ދަތިކަމާއި މިހާރު އެތަން ހަދާފައިވާ ގޮތުން އެތަނުން ލިބޭންޖެހޭ ފުރިހަމަ މަންފާ ސިޓީގެ ރައްޔިތުންނަށް ނުލިބޭކަން އިލްޔާސް ފާހަގަކުރެއެވެ. އަދި އަންނަނިވި ބަދަލުތައް ގެންނާނޭކަމަށް ވަޢުދުވެއެވެ.

  • ބަނދަރު މަރާމާތުކޮށް އިތުރަށް ބޮޑުކޮށް،
  • ޒަމާނީ ވަސީލަތްތަކާއެކު ފަތުރުވެރިކަމާއި،
  • ދަތުރުފަތުރުކުރާ މީހުންނާއި އަދި ވިޔަފާރީގެ ބޭނުންކުރުމަށް ބަނދަރުގައި ޚާއްސަ ސަރަހައްދުތައް ކަނޑައެޅުން،
  • ކާގޯ މުދަލަށް ޚާއްސަ ސަރަހައްދެއް ކަނޑައެޅުން،
  • ޑިންގީއާއި އެފަދަ އުޅަނދުތަކަށް ޚާއްސަ ޑޮކިންގ އޭރިޔާއެއް،
  • ފަރުދުންގެ ވިޔަފާރިއަށް ބަނދަރު ސަރަހައްދުން ކޮމާޝަލް ޔުނިޓްތައް ދޫކުރުން ހިމެނެއެވެ.

އެއަރޕޯޓު:

ފުވައްމުލަކު ވިޔަފާރި ބަނދަރު ބޮޑުކުރުމުގެ މަސައްކަތުގެ ތެރޭން، 

  • ސިޓީގެ ވައިގެ ބަނދަރުގެ ރަންވޭ 1600 މީޓަރަށް ބޮޑުކޮށް، ATR72600ގެ މަތިންދާ ބޯޓާއި އަމިއްލަ ޖެޓުތައް ޖެއްސޭގޮތަށް ތަރައްގީކުރުން،
  • އަމިއްލަ ޖެޓްތައް ޕާކުކުރުމަށް އެރއަރޕޯޓްގެ އޭޕްރަން ބޮޑުކޮށް، އިތުރު ވަސީލަތްތައް ގާއިމުކުރުން،
  • ފަތުރުވެރީންނާއި އެ ސިޓީއަށް ޒިޔާރަތްކުރާ ފަރާތްތަކަށް ޚާއްސަކޮށްގެން ކަޅުއަކިރި ބީޗު ސަރަހައްދު ތަފާތު ޚިދުމަތްދޭ ތަންތަނާއެކު ތަރައްގީކުރުން،
  • އެ ސިޓީގައި ކާބޯތަކެއްޗާއި ދަނޑުވެރިކަމުގެ ބާވަތްތައް ރައްކާތެރިކަމާއެކު ބަންދުކޮށް ހެދުމަށް މައިކްރޯ އިންޑަސްޓްރީ ތައާރަފްކުރުން،
  • މިފަދަ މަސައްކަތްކުރާން ބޭނުންވާ ފަރާތްތަކަށް ޕްރޮޕޯސަލް ހުށަހަޅާތާ 15 ދުވަސްތެރޭ ލުއިލޯނު ހަމަޖައްސައި ދިނުން ހިމެނެއެވެ.

މީގެ އިތުރުންވެސް އިލްޔާސް ވަނީ، ފުވައްމުލައް ސިޓީގެ ތަރައްގީއަށް ގިނަ ކަންތައްތަކެއް ކޮށްދެއްވާނޭކަން ޔަގީންކޮށްދެއްވައިފައެވެ. މިކަންކަން ކަށަވަރު ކުރުމަށް އޭނާ އެދިލައްވަނީ ހޮނިހިރު ދުވަހު ވޯޓު ލާއިރު ކެންޑިޑޭޓް ނަންބަރު 7 ގައި އެންމެ ރަނގަޅު ފާހަގަ ޖަހާލަ ދިނުމެވެ.