ދަ ޑިމޮކްރެޓްސްގެ ރިޔާސީ ކެންޑިޑޭޓް އަދި ހުޅުދޫ ދާއިރާގެ މަޖިލިސް މެންބަރު އިލްޔާސް ލަބީބު (އިއްލި)އާއި ކުރީގެ ރައީސް މުޙައްމަދު ނަޝީދު އައްޑޫ ސިޓީއަށް ކުރައްވާ ކެމްޕޭން ދަތުރުގެ ތެރޭން ސ. ހުޅުދޫއަށް ވަޑައިގަތުމުން ހޫނު މަރުހަބާއެއް ކިޔަފިއެވެ.

ހުޅުދުއަށް ނިސްބަތްވާ އިލްޔާސާއި، ރައީސް ނަޝީދުގެ އިތުރުން ޑިމޮކްރެޓުންގެ ކެންޕޭން ޓީމަށް މަރުހަބާ ކިޔުމަށް ގިނަ އަދަދެއްގެ ރައްޔިތުންވަނީ ބަނދަރު ސަރަހައްދަށް ޖަމާވެފައެވެ.

ދަ ޑިމޮކްރެޓްސްގެ ރިޔާސީ ކެންޑިޑޭޓް އަދި ހުޅުދޫ ދާއިރާގެ މަޖިލިސް މެންބަރު އިލްޔާސް ލަބީބު ސ. ހުޅުދުއަށް ވަޑައިގަތުން-- ފޮޓޯ: ޑިމޮކްރެޓްސް

 

އިލްޔާސްގެ މި ކެމްޕޭން ދަތުރުފުޅުގައި ހުޅުދޫއަށާއި ދެކުނުގެ ތިން އަތޮޅަށް އޭނާގެ ވެރިކަމެއްގައި ކޮށްދެއްވާނޭ ކަންތައްތައް ރައްޔިތުންނާ ހިއްސާކުރައްވާނެއެވެ. ޑިމޮކްރެޓުންގެ ކެމްޕޭން ޓީމު ހުޅުދުއަށް މިދިޔައީ ފުވައްމުލައް ސިޓީގައި ކެމްޕޭން ހަރަކާތްތައް ހިންގުމަށް ފަހުއެވެ. ފުވައްމުލަކުންވެސް ވަނީ މި ޓީމަށް ވަރަށް ހޫނު މަރުހަބާއެއް ކިޔައިފައެވެ.

ދަ ޑިމޮކްރެޓްސްގެ ރިޔާސީ ކެންޑިޑޭޓް އަދި ހުޅުދޫ ދާއިރާގެ މަޖިލިސް މެންބަރު އިލްޔާސް ލަބީބު ސ. ހުޅުދުއަށް ވަޑައިގަތުން-- ފޮޓޯ: ޑިމޮކްރެޓްސް

ރިޔާސީ އިންތިޚާބު ކުޑަތަންވެފައިވާ އިރު، ކުރިން އެމްޑީޕީގައި ތިބި ގިނައަދަދެއްގެ މެންބަރުން ޑިމޮކްރެޓުންނާ ގުޅެމުންދާކަން ފާހަގަކޮށްލާން ޖެހެއެވެ. އަދި ހުޅުދޫންވެސް ގިނަ ޢަދަދެއްގެ މެންބަރުން އެމްޑީޕީ ދޫކޮށް ޑިމޮކްރެޓުންނާ ގުޅޭނޭކަމަށް މައުލޫމާތު ވަނީ ލިބިފައެވެ.  

ދެކުނުގެ ދެ ސިޓީއަށް ކުރައްވާ ދަތުރުފުޅަށްފަހު، ބުރާސްފަތި ދުވަހުގެ ރޭ 8:30ގައި ސަލްޓަން ޕާކުގައި، ކެމްޕޭން ނިންމާލުމުގެ އެންމެ ފަހު ޖަލްސާ ޑިމޮކްރެޓުން ބާއްވާން ވަނީ ހަމަޖައްސައިފައެވެ.

ދަ ޑިމޮކްރެޓްސްގެ ރިޔާސީ ކެންޑިޑޭޓް އަދި ހުޅުދޫ ދާއިރާގެ މަޖިލިސް މެންބަރު އިލްޔާސް ލަބީބު ސ. ހުޅުދުއަށް ވަޑައިގަތުން-- ފޮޓޯ: ޑިމޮކްރެޓްސް

 

ރާއްޖޭގެ އެންމެ ބޮޑު އަދި އެންމެ ދުވަސްވީ ސިޔާސީ ޕާޓީކަމަށްވާ އެމްޑީޕީ ދެބައިވެ، ރައީސް ނަޝީދުގެ ސިޔާސީ ފިކުރަށް ތާޢީދުކުރާ ފަރާތްތަކުން އުފެއްދި ދަ ޑިމޮކްރެޓްސްއަށް ފުވައްމުލައް ސިޓީއާއި އައްޑޫ ސިޓީގެ އިތުރުން މާލެއާއި އަދި ރާއްޖޭގެ އެހެނިހެން ސަރަހައްދުތަކުންވެސް މިފަހަކަށް އައިސް ދަނީ ވަރަށް ބޮޑަށް ތާޢީދު އިތުރުވަމުންކަން ފާހަގަކޮށްލެވެއެވެ.