މ.ހައުސްޕްލާޒާގޭގައި ގުދަނެއްގެ ގޮތަށް ހުރި ތަނެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިގެން އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްގެ ފަޔަރފައިޓަރުން އެތަނުގައި ހަރަކާތްތެރި ވެއްޖެއެވެ.

އެމްއެންޑީއެފުން ބުނީ، " މ.ހައުސްޕްލާޒާގޭގައި (މީހުން ދިރިނޫޅޭ)، ގުދަނެއްގެ ގޮތަށް ހުރި ތަނެއްގައި ޖަމާކޮށްފައިވާ ކުނިތަކެއްގައި ރޯވި އަލިފާން، އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްގެ ފަޔަރފައިޓަރުން ނިއްވާލައިފި،" ކަމަށެވެ.

މީގެ އިތުރުން މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައި ނުވާކަމަށް އެމްއެންޑީއެފުން ބުނެއެވެ.

މިއީ މިއަދު މާލޭގައި ހިނގި ދެވަނަ ހާދިސާއެވެ. އެގޮތުން ރޭ ފަތިހު، ގަލޮޅު ރަތްވިލާ ގޯޅީގައި ހުންނަ މަޝްހޫރު ވެގަ ޕޮއިންޓް ފިހާރައިގައި ހިނގި އަލިފާނުގެ ހާދިސާއެއްގައި އެ ފިހާރަ ވަނީ އެއްކޮށް އަނދައި ހުލިވެފައެވެ.