ގަލޮޅު ރަތްވިލާ ގޯޅީގައި ހުންނަ މަޝްހޫރު "ވެގަޕޮއިންޓް" ފިހާރަ އަނދައި ހުލިވެއްޖެއެވެ.

ވެގަޕޮއިންޓްގައި އަލިފާނުގެ ހާދިސާއެއް ހިނގާފައި ވަނީ، ބުދަ ދުވަހުގެ ފަތިހުގެ ވަގުތެއްގައެވެ.

އެމްއެންޑީއެފުން ބުނީ، "ރަތްވިލާގޯޅީގައި ހުންނަ "ވެގަ ޕޮއިންޓް" ފިހާރައިގައި އަލިފާނުގެ ހާދިސާއެއް ހިނގައިގެން އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްގެ ފަޔަރފައިޓަރުން ދަނީ ހަރަކާތްތެރިވަމުން،" ކަމަށާއި އަދި "ހާދިސާގެ މަޢުލޫމާތު އެފްއާރުއެސްއަށް ލިބިފައިވަނީ މިރޭ 04:37 ހާއިރު،" ކަމަށެވެ.

މީގެއިތުރުން "މިޙާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބުނުކަމުގެ މަޢުލޫމާތެއް މިހާތަނަށް ނުލިބޭ،" ކމަށް ގައުމީ ދިފާޢީ ބާރުން ބުނެއެވެ.