މަޑަގަސްކަރައިގައި މިހާރު ކުރިއަށްދާ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ)ގައި ވާދަކުރާ ރާއްޖޭގެ ގައުމީ ބެޓްމިންޓަން ޓީމުން، އަންހެން ޑަބަލްސް ބައިން ރަންމެޑަލް ހޯދައިފިއެވެ.

ހޮނިހިރު ދުވަހު ކުޅުނު ފައިނަލް މެޗުން ފާތިމަތު ނަބާހާ (ނަބާ)އާއި އައިމިނަތު ނަބީހާ (ނަބީ) ވާދަކުރި ރާއްޖޭގެ ޑަބަލްސް ޓީމުން މޮރިޝަސްގެ ލޯރނާ ޓީޖޭ ބޮދާއާއި ކޮބީޓާ ދޫޚީގެ ޓީމު ބަލިކުރީ ސީދާ ދެސެޓުންނެވެ.

އެއީ ފުރަތަމަ ސެޓް 21-14އިން އަދި ދެވަނަ ސެޓް 21-15އިންނެވެ.