މީހުން ދިރިއުޅޭ އެއްވެސް ރަށެއްގައި ކްރިސްމަސް ދުވަސް ފާހަގަ ކުރާ ނަމަ، ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ފުލުހުން މިރޭ ދީފިއެވެ.

ފުލުހުން ނެރުނު ނޫސް ބަޔާނެއްގައި ބުނީ ކްރިސްމަސް ފާހަގަކުރުމަށް އެއްވެސް ހަރަކާތެއް މީހުން ދިރިއުޅޭ އެއްވެސް ރަށެއްގައި ކުރިއަށް ނުގެންދިޔުމަށް އިލްތިމާސްކުރާ ކަމަށެވެ. އަދި މިއީ ރާއްޖޭގެ ގާނޫނުތަކާއި ގަވައިދުތަކުން މަނާ ކަމެއްކަން ފުލުހުން ހަނދާންކޮށްދިނެވެ.

"ކްރިސްމަސް ފާހަގަކުރުމުގެ ގޮތުން ރާއްޖޭގެ މީހުން ދިރިއުޅޭ އެއްވެސް ހަރަކާތެއް ނުހިންގުމަށާއި މިފަދަ ހަރަކާތައް ހިންގާ ފަރާތްތަކާ މެދު ގާނޫނީ އިމުގެ ތެރެއިން ފިޔަވަޅު އަޅާނެ ވާހަކަ ދަންނަވަމެވެ،" ބަޔާނުގައިވެއެވެ.

މީގެ ކުރިން ބައެއް ރަށްރަށުގެ ގެސްޓްހައުސްތަކުގައި ކްރިސްމަސް ފާހަގަ ކުރުމުގެ މައްސަލަތައް ފެންމަތިވެފައިވެއެވެ. އެފަދަ ހަރަކާތްތައް ފުލުހުން ހުއްޓުވާފައި ވެސް ވެއެވެ.