އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ މައްސަލައިގައި 20 އަހަރުގެ ޖަލު ހުކުމެއް އިއްވައި، ދެ މިލިއަން ރުފިޔާއިން ޖޫރިމަނާކޮށްފައިވާ ކުރީގެ ނައިބު ރައީސް އަޙްމަދު އަދީބުގެ ބޭސްފަރުވާއަށް ރާއްޖޭގެން ބޭރުގައި ހުންނެވުމަށް ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙުގެ ސަރުކާރުން ދީފައިވާ މުއްދަތު އަނެއްކާވެސް އިތުރުކޮށްފިއެވެ.

ފުރާނައަށް ނުރައްކާވާފަދަ ބަލިހާލަތެއް މެދުވެރިވެގެން، އަދީބު ބޭސްފަރުވާއަށް ސިންގަޕޫރަށް ވަޑައިގަތީ، ޖުލައި 12 ވަނަ ދުވަހުއެވެ. އަދި އޭގެ ފަހުން އެ މުއްދަތު ފަހަނައަޅައި ދިއުމުން، އޯގަސްޓް 28ގެ ނިޔަލަށް މުއްދަތު އިތުރުކުރިއެވެ. މިހާރު މިވަނީ، 9 ސެޕްޓެމްބަރ 2023ގައި ބާއްވާ ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުގެ ނަތީޖާ ލިބޭ ހިސާބަށް މުއްދަތު އިތުރުކޮށްފައެވެ. އެއީ ސެޕްޓެމްބަރ 15އެވެ.

އެމްއެމްޕީއާރްސީގެ ޚިޔާނާތާ ގުޅިގެން 2020 ވަނަ އަހަރު އަދީބަށް 20 އަހަރުގެ ޖަލުހުކުމެއް އިއްވި ނަމަވެސް، ދައުލަތާއެކު ހެއްދެވި ޢިއުތިރާފީ އެއްބަސްވުމެއްގެ ދަށުން، އޭނާ އެހުކުމް ތަންފީޒުކުރައްވަމުން ގެންދަވަނީ، ގޭގައި ހުންނަވައިގެންނެވެ.

އަދީބު ސިންގަޕޫރުގައި؛ ދެން ލޮލުކޮޅަށް ވެސް ފެނިދާނެބާ؟