ހުސްވި ޖުލައި މަހު ރާއްޖެއަށް އެތެރެކުރި މުދަލުގެ އަގު 4.7 ބިލިއަން ރުފިޔާއަށް އަރާކަމަށް ކަސްޓަމްސްގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.  މިއީ 2022 ވަނަ އަހަރުގެ ޖުލައި މަހާ އަޅައިކިޔާއިރު، 12 އިންސައްތަ އިތުރު އަދަދެކެވެ.

ޖުލައި މަހު ރާއްޖެއަށް އިމްޕޯރޓް އެކްސްޕޯޓުން ލިބުނު އާމްދަނީވެސް ވަނީ 15 އިންސައްތަ އިތުރުވެފައެވެ.

މިދިޔަމަހު 138 މިލިއަން ރުފިޔާގެ މުދާ ރާއްޖޭން އެކްސްޕޯޓްކޮށްފައިވެސް ވެއެވެ. މިއީ 2022 ވަނަ އަހަރުގެ އެ ޖުލައިގައި އެކްސްޕޯޓްކުރި 138 މިލިއަން ރުފިޔާގެ މުދަލާ އަޅައިބަލާއިރު 70 އިންސައްތަ އިތުރު އަދަދެކެވެ.

ޖުލައި މަހު، ރާއްޖެއަށް އެންމެ ގިނައިން މުދާ އެތެރެކޮށްފައިވާ ގައުމުތަކުގެ ތެރޭގައި އިންޑިއާ (724 މިލިއަން ރުފިޔާގެ މުދާ)، އޮމާން (667  ރުފިޔާގެ މުދާ)، ޗައިނާ (610 ރުފިޔާގެ މުދާ)، ޔޫއޭއީ (521  ރުފިޔާގެ މުދާ) އަދި މެލޭޝިއާ (406  ރުފިޔާގެ މުދާ) ހިމެނެއެވެ.

ރާއްޖެއަށް އެތެރެކުރާ މުދަލާއި ރާއްޖޭން ބޭރުކުރާ މުދާ އިތުރުވީ ނަމަވެސް، ބާޒާރުގައި މުދަލުގެ އަގު ވަނީ ވޭތުވެދިޔަ 3 މަހުގެ ތެރޭގައި ވެސް އުފުލިފައެވެ.