ދިވެހި ގައުމީ ބޭންކް، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ފޯރުކޮށްދެމުން އަންނަ އެމެރިކަން އެކްސްޕްރެސް (އެމެކްސް) ޑެބިޓް ކާޑްގެ ބޭނުން ކޮށްގެން ބޭރުގެ ގައުމުތަކުގައިވެސް ވިޔަފާރީގެ މުޢާމަލާތްކުރެވޭގޮތް ހަމަޖައްސައިފިއެވެ.

މިއީ ދިވެހި ރުފިޔާ އެކައުންޓާ ލިންކު ކުރެވިފައިވާ އެމެކްސް ޑެބިޓްކާޑުން ބޭރުގެ މުޢާމަލާތްތަކަށް ހުޅުވާލި ފުރަތަމަ ފަހަރެވެ. ބީއެމްއެލްއިން ބުނީ، ރުފިޔާ އެކައުންޓާ ލިންކުވެފައިވާ ބީއެމްއެލް އެމެކްސް ކާޑުތައް ބޭނުންކޮށްގެން މިހާރު ރާއްޖޭން ބޭރުގެ އޮންލައިން ވިޔަފާރިތަކާއި އަދި ބޭރު ގައުމުތަކަށް ގޮސްގެންވެސް، މަހެއްގެ މައްޗަށް 250 އެމެރިކާ ޑޮލަރުގެ މުއާމަލާތްކުރެވޭނެ ކަމަށެވެ.