ހޯލްސޭލް އަދި ރީޓެއިލް ކަސްޓަމަރުންނަށް ޚާއްސަކޮށްގެން ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން (އެސްޓީއޯ)އިން އަލް ނޫރު ހިކިކިރުގެ ޕްރޮމޯޝަނެއް ފަށައިފިއެވެ.

އެސްޓީއޯއިން ބުނީ، އެ ކުންފުނީގެ ހުރިހައި ރީޖަނަލް ފިހާރަތަކެއްގައިވެސް ކުރިއަށްގެންދާގޮތަށް އޯގަސްތް 2 ން ޑިސެމްބަރ 31 2023ގެ ނިޔަލަށް ކުރިއަށް ގެންދާ މި ޚާއްސަ ޕްރޮމޯޝަންގައި އަލްނޫރު ހިކި ކިރުގެ 800 ގްރާމާއި 1800 ގްރާމާއި 2250 ގްރާމުގެ ޕެކެޓު އެސްޓީއޯއިން ގަންނަން ލިބޭނޭ ކަމަށެވެ. އަދި މި ޕްރޮމޯޝަންގެ ދަށުން ރީޓެއިލް ކަސްޓްމަރުންނަށް އަލްނޫރު ހިކި ކިރު ޕެކެޓަކާއެކު އަލްނޫރު ލޯގޯޖެހި ކޮލިޓީ ރަނގަޅު ބިއްލޫރިތައްޓެއް ލިބޭނެ ކަމަށާއި ހޯލްސޭލް ކަސްޓްމަރުންނަށް 1800 ގުރާމުގެ 3 ކޭސް ގަތުމުން ސުޕަރޝެފް މެޔޮނައިސް ކޭހެއް ވެސް ހިލޭ ލިބޭނެ ކަމަށެވެ.

މީގެ އިތުރުން، ހޯލްސޭލް ކަސްޓްމަރުންނަށް 2250 ގްރާމުގެ 3 ކޭސް ގަތުމުން ނަބަޓީ ރިޗީޒް ކޮރންސްޓިކް ޗީޒް ކޭހެއް ލިބުމުގެ އިތުރުން ހޯލްސޭލް ކަސްޓްމަރުން ގަންނަ ކޮންމެ ކޭހަކަށް ކޫޕަނެއް ވެސް ލިބިގެން ދާނެކަމަށެވެ.

އެގޮތުން އެސްޓީ.އޯއިން ބުނީ މުޅި ޕްރޮމޯޝަން ނިމުމުން ހޯލްސޭލް ކަސްޓްމަރުންގެ ތެރެއިން ގުރުއަތުން ހޮވޭ 3 ފަރާތަކަށް 5000 ރުފިޔާގެ މުދާ ލިބިގެން ދާނެކަމަށެވެ.