ސަރުކާރުން ހިންގާ ފެންވަރު ރަނގަޅު ރުކުގެ މުޑުވައް އާލާކުރުމުގެ ޕްރޮގްރާމުގެ ދަށުން 26 ރަށެއްގައި 3955  ރުއް އިންދައިފިއެވެ.

ރާއްޖޭގެ ރުއްތަކަށް ބަލިތަކެއް ޖެހި ރުކުގެ މަތިވަރު ވަރަށް ބޮޑަށް ދަށްވުމާއެކު މިނިސްޓްރީ އޮފް ފިޝަރީޒް މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރ އިން ވަނީ ގްރީން ފަންޑުގެ މާލީ އެހީތެރިކަމާއެކު ރާއްޖޭގެ އެކި ރަށްރަށުގައި އިންދުމަށް 4980 ރުއް ވަނީ ގެނެސްފައެވެ.

އެ މިނިސްޓްރީން ބުނީ، މިހާތަނަށް 26 ރަށެއްގައި 3955 ރުއް އިންދާފައިވާ ކަމަށާއި، މިހާރު ރުއް އިންދާފައިވަނީ އެކަމަށް އެދުނު ރައްތަކުގެ ތެރެއިން ބިން އޮތް ރަށްރަށުގައި ކަމަށެވެ.

މީގެ އިތުރުން، ރުއް އިންދަން އެދޭ ރަށްރަށުގައި ޖާގަ އޮތް މިންވަރަކަށް ބަލައި ބާކީ ހުރި 785 ރުއްވެސް އިންދާނޭ ކަމަށާއި އަދި އެ ރުއްތައް ހުސްވުމުން އިތުރު ރުއްތައްވެސް ގެންނާން ހަމަޖެހިފައިވާކަމަށް މިނިސްޓްރީން ބުނެއެވެ.

މިނިސްޓްރީން ލަފާކުރާގޮތުން، މިހާރު އިންދާފައިވާ ރުއްތަކުން ކުރިއަށް އޮތް 2 ނުވަތަ 3 ވަރަކަށް އަހަރު ތެރޭ މުޑުވައް ލިބޭނެއެވެ.