މާލެސިޓީގައި ބޭރަށް ހިންގުމާއި ހޮޑުލުމުގެ ރޯގާއެއް އާދަޔާޚިފަށް ފެތުރޭން ފަށާފައި ވާއިރު، ސިއްހީ ލަފާދޭ މާހިރުން ވަނީ ސާފުތާހިރު ކަމަށާއި، ޚާއްސަކޮށް ބަލިޖެހިފައިވާ މީހުން ގިނަގިނައިން ދިޔާތަކެތި ބުއިމަށް އިލްތިމާސްކޮށްފައެވެ.

ހަށިގަނޑުން އާދަޔާ ޚިލާފަށް ފެން މަދުވެއްޖެ ނަމަ، ފުރާނައަށް ނުރައްކާވާ ފަހަރުވެސް އާދެއެވެ. އެހެންކަމުން މިކަމަށް އާންމުން ވަރަށް ބޮޑަށް ސަމާލުވާން އެބަޖެހެއެވެ.

ކުޑަކުދީންގެ ޑޮކްޓަރު އަޙްމަދު ފައިސަލް ކިޔާދެއްވި ގޮތުގައި ހަށިގަނޑުން ވަރަށް ބޮޑަށް ފެންމަދުވުމުގެ އަލާމާތްތަކުގެ ތެރޭގައި:

  • ލޯ ވަޅުވަނުން
  • ހަންގަނޑަށް ދަމާލާފައި ދޫކޮށްލުމުން ރޫޖެހި ތަތްލަވާފައިހުރުން
  • އަދި 8 ގަޑިއިރު ވާއިރުވެސް ހީސްނުލެވުން ހިމެނެއެވެ.

މިފަދަ ހާލަތަކަށް ހަށިގަނޑު ދިޔަ ނުދިނުމަށް ވަރަށް ބޮޑަށް ސަމާލުވާން ޖެހެއެވެ. ޑޮކްޓަރު ފައިސަލް ދެއްވާ ލަފައަކީ ކުޑަކުއްޖެއް ނަމަ، އެކުއްޖާއަށް ކޮންމެ 5 މިނިޓަކުން ނުވަތަ 10 މިނިޓަކުން ސަމްސަލަކުން ސަމްސަލުކުން ދިޔާއެއްޗެހި ދޭންވީއެވެ.

ފައިސަލް ވަނީ ހުރިހާ އެންމެންވެސް، އަވަސް އަވަހަށް އަތްދޮންނަން އާދަކުރުމަށާއި، އަދި އަތްދޮވެގެން ނޫނީ ނުކެއުމަށް އިލްތިމާސްކުރައްވައިފައެވެ. މީގެ އިތުރުން " ހޮޑަށްދޭ ބޭސްކޮޅެއް ދީފައި މަދުމަދުންވިޔަސް އަވަސްއަވަހަށް ދިޔާއެއްޗެހިދެއްވާ"ށާއި " މާވަރުދެރަވެ ހީސްނުލާ 8 ގަޑިއިރުވީމާ ޖެހޭނީ އައިވީ ކޮޅެއްދޭން" ކަމަށްވެސް އޭނާ ލަފާދެއްވައެވެ.