ކުރިއަރ މެދުވެރިކޮށް ރާއްޖެއަށް އެތެރެކުރާން އުޅުނު 2.020 ކިލޯ ގްރާމުގެ މަސްތުވާތަކެތި މޯލްޑިވްސް ކަސްޓަމްސް ސަރވިސް އިން އަތުލައިގެންފިއެވެ.

ކަސްޓަމްސުން ނެރުނު ނޫސް ބަޔާނެއްގައި ބުނީ، ޖުލައި 7 ވަނަ ދުވަހު އިނގިރޭސިވިލާތުން ކުރިއަރ ސަރވިސް މެދުވެރިކޮށް ރާއްޖެ އެތެރެކުރި ޕެކޭޖެއްގައި ޝައްކުކުރެވޭ ބަވަތެއް ހުރުމުން ބަލައި ފާސްކުރި އިރު، އޭގެ ތެރޭގައި ހުރި ދެޕެކްޓްގައި ހުރި ތަކެތި، މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ މެފެޑްރޯންއަށް ޕޮޒިޓިވްވެފައިވާ ކަމަށެވެ.

ޕެކިންއާއެކު 2020 ގްރާމްގެ ބަރުދަންހުރި، އެ މަސްތުވާތަކެތީގެ މަގުމަތީއަގު 3.6 މިލިއަން ރުފިޔާއަށް އަރާނޭ ކަމަށާއި، އަތުލައިގަނެވުނު ތަކެތި އިތުރު ތަހުގީގަށް ފުލުހުންނާ މިހާރު ހަވާލުކޮށްފައިވާ ކަމަށް ކަސްޓަމްސުން ބުނެއެވެ.