ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ)ގެ އެކައުންޓުން އެކުންފުނީގެ ސީއެފްއޯ ޔާސިރު ޙަސަންގެ އެކައުންޓަށް ފައިސާ ޖަމާކޮށް، ވައްކަން ކުރި ކަމަށް ތުހުމަތުކޮށް ލިޔެފައިވާ ޚަބަރުތަކާ ގުޅިގެން "ދިޔަރެސް" ނޫހާއި "މިހާރު" ނޫހާ ދެކޮޅަށް ޢަބުރުގެ  ދައުވާ ކުރުމަށް އޭނާ ނިންމައިފި އެވެ.

ޔާސިރު ނެރެފައިވާ ބަޔާނެއްގައި ވިދާޅުވެފައި ވަނީ އެ ދެނޫހާ ދެކޮޅަށް އަބުރުގެ ދައުވާކުރާން ނިންމީ އާރްޑީސީއާއި އެ ކުންފުނީގެ މުވައްޒަފުންނާއި ކުންފުންޏާ އެކިގޮތްގޮތުން ގުޅިފައިވާ ފަރާތްތަކާ މެދު އުފެދިފައިވާ އިތުބާރު ނަގައިލާން ނުބައި ތަޞައްވުރެއް ދިނުމަށް ދޮގު ޚަބަރުތަކެއް ފަތުރާފައިވާތީ ކަމަށެވެ. 

އޭނާގެ މައްޗަށް ތުހުމަތުކޮށްފައިވާ ފަދަ ވައްކަމާއި ގާނޫނާ ޚިލާފު އެއްވެސް ކަމެއް ކޮށްފައި ނުވާނޭ ކަމަށް ޔާސިރު ވިދާޅުވެއެވެ. 

ޔާސިރު ވިދާޅުވީ، އާރޑީސީގެ ފައިސާއާ ބެހޭ ހުރިހާ މުޢާމަލާތެއްވެސް ކުރަމުން ދަނީ އެކައުންޓިންގެ ގަވާޢިދު ތަކާ އެއްގޮތަށް ކަމަށާއި، ކުންފުނީގެ ސީއެފްއޯގެ މަގާމުގައި އޭނާ ހުންނެވި ނަމަވެސް އޭނާގެ އެކައުންޓަށް ކުންފުނީގެ އެއްވެސް ފައިސާއެއް ޖަމާކޮށްގައި ނުވާނޭ ކަމަށެވެ.

އާރްޑީސީގެ ޚިޔާނާތުގެ މައްސަލައެއް ފައިނޭންޝަލް އެމްއެމްއޭގެ އިންޓެލިޖެންސް ޔުނިޓް (އެފްއައިޔޫ) ފުލުހުންނަށް ހުށަހަޅާފައިވާތީ އެފަދަ މައްސަލައެއް ތަހުގީކުރަމުން ދާކަމަށް ފުލުހުންވެސް މީގެކުރީން ބުނެފައިވެއެވެ.