ކްލަބް މޯލްޑިވްސްގެ މިއަހަރުގެ ޑިޖިޓަލް ޕާޓްނަރަކަށް ދިރާގު ހަމަޖައްސައި ދެފަރާތުން އެއްބަސްވުމުގައި ސޮއިކޮށްފިއެވެ.

މި ޕާޓްނަރޝިޕްގެ ދަށުން ކްލަބް މޯލްޑިވްސްއިން މިއަހަރުގެ ތެރޭގައި ހަތަރު މުބާރާތެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. 18/30 ތަރޓީ ކްލެސިކް 2023، އަށާރަ ތިރީސް 2023، ކްލަބް މޯލްޑިވްސް ކަޕް ކްލެސިކް 2023 އަދި ކްލަބް މޯލްޑިވްސް 2023.  18/30އަކީ ރާއްޖޭގައި ބާއްވާ ފުރަތަމަ އަންހެން ފުޓްސަލް މުބާރާތެވެ.

ދިރާގުން ބުނީ، އަންހެނުން ބާރުވެރިކުރުވުމަކީ ދިރާގުގެ މައިގަނޑު ފޯކަސް ދާއިރާއަކަށްވެފައި މިއަހަރުގެ ޝެޑިއުލް މުބާރާތްތަކުގެ ސިލްސިލާއަށް މި އާ އެޑިޝަން ފެނުމަކީ އެ ކުންފުނިން ވަރަށް އުފާކުރާ ކަމެއް ކަމަށެވެ.

މި އަހަރު، ކްލަބް މޯލްޑިވްސްގެ ފިރިހެން ޑިވިޝަން ދެ މުބާރާތް، ކްލަބް މޯލްޑިވްސް ކަޕާއި ކްލަބް މޯލްޑިވްސް ކަޕް ކްލަސިކް، އަދި އަންހެން ޑިވިޝަން ދެ މުބާރާތް، 18/30 ފިއެސްޓާ އަދި 18/30 ކްލަސިކް ކުރިއަށްދާނީ އެކުއެކީގަ  މި މަހިގެ 14 ވަނަ ދުވަހުގައެވެ.

ކްލަބް މޯލްޑިވްސް އަކީ 2005 ވަނަ އަހަރު ރަޖިސްޓްރީކޮށްފައިވާ އަމިއްލަ ޖަމިއްޔާއެކެވެ. ރާއްޖޭގައި ބާއްވާ އެންމެ ބޮޑު އަދި އެންމެ ޝަރަފުވެރި ފުޓްސަލް މުބާރާތައް އިންތިޒާމްކޮށް ކުރިއަށް ގެންދާ އެއް ޖަމިއްޔާއަކީވެސް ކްލަބް މޯލްޑިވްސްކަން ފާހަގަކޮށްލެވެއެވެ.