ޖުމްލަ 18 ގައުމެއްގެ އެތުލީޓުންނާއެކު "އޭޝިއަން ސާރފިންގ ޗެމްޕިއަންޝިޕް 2023" ކ. ތުލުސްދޫގައި ހޮނިހިރު ދުވަހު ފަށައިގެން ކުރިއަށް އެބަދެއެވެ.
ޖުލައި 8ން 17 އަށް ކުރިއަށް ގެންދާ، މިއަހަރުގެ "އޭޝިއަން ސާރފިންގ ޗެމްޕިއަންޝިޕް" ރަސްމީކޮށް ހުޅުއްވައިދެއްވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙެވެ.
މި މުބާރާތަކީ އިންޓަރނޭޝަނަލް ސާރފިން އެސޯސިއޭޝަންގެ އޭޝިއަން ސާރފިންގ ފެޑެރޭޝަން އަދި މިނިސްޓްރީ އޮފް ޔޫތު ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމެންޓާއި މޯލްޑިވްސް ސާރފިންގ އެސޯސިއޭޝަން ގުޅިގެން ބާއްވާ މުބާރާތާކެއެވެ.
އޭޝިއަން ސާރފިންގ ޗެމްޕިއަންޝިޕްއަކީ، 2004ވަނަ އަހަރުން ފެށިގެން އޭޝިއާގެ ހުރިހާ ޤައުމުތަކަށް ހުޅުވާލައިގެން ކުރިޔަށްގެންދާ އޭޝިއާގެ އެންމެ ބޮޑު ރާޅާއެޅުމުގެ މުބާރާތެވެ.