މާލޭގެ ރައްޔިތުން އިންތިހާއަށް ބޯހިޔާވަހިކަމަށް ފެންބޮވައިގެންފައިވާ މި ދަނޑިވަޅުގައި، ވޯޓް ގަނެލުމަށްޓަކައި އެފަރާތްތަކަށް ގޯއްޗެއް ދޭނަކިޔައި ދޮގުހެދުމަކީ އެއްގޮތަކަށްވެސް ކޮށްގެންވާނޭ ކަމެއް ނޫންކަމަށާއި އަދި އެއީ މާފުކުރެވޭނޭ ކަމެއްވެސް ނޫންކަމަށް ބުނެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙަށް، ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

އެމްޑީޕީގައި 18 އަހަރު ހޭދަކުރެއްވުމަށް ރައީސް އިބްރާހީމާ ސިޔާސީ ގޮތުން ޚިޔާލުތަފާތުވެ، އެޕާޓީން ވަކިވެވަޑައިގެން އަރިސް ބޭފުޅުންނާއެކު ދަ ޑިމޮކްރެޓްސްގެ ނަމުގައި އާ ޕާޓީއެއް އުފެއްދުމަށް ބޭއްވި ޖަލްސާގައި، ނަޝީދު ވަނީ ރައީސް އިބްރާހީމަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ.

"ދެން އޭނާގެ ވޯޓު ގަނެލުމަށްޓަކައި ގޯއްޗެއް ދޭނަމޭ ކިޔައި ދޮގުހެދުމަކީ އަޅުގަނޑު ދެކޭގޮތުގައި، އަޅުގަނޑު ދެކޭގޮތުގައި އެއްވެސް މީހަކު ކޮށްގެންވާނޭ ކަމެއްވެސް ނޫން، އަދި އެކަން ކުރާ މީހަކަށް އެއްވެސް ޙާލެއްގައި މާފެއްވެސް މުދެވޭނެ" ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.