ރާއްޖޭގެ ރިޔާސީ އިންތިޚާބުގައި ވާދަކުރާން ބޭނުންވާ ފަރާތްތަކުން އެކަމަށް އެދި އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅާން ދީފައި އޮންނަ މުއްދަތު، އިތުރުކުރުމަށް ޤާނޫނުއަސާސީއަށް ގެނައި އިސްލާހު ރައީސުލްޖުމްހޫރިއްޔާ އިބްރާޙީމް މުޙައްމަދު ޞާލިޙު ތަސްދީގުކުރައްވައިފިއެވެ.

މިދިޔަ ބުރާސްފަތި ދުވަހު ރައީސް ތަސްދީގުކުރެއްވި ޤާނޫނު ނަންބަރު 12/2008: ރިޔާސީ އިންތިޚާބުގެ ޤާނޫނުއަށް 4 ވަނަ އިޞްލާޙް ގެނައުމުގެ ބިލްގައި ވަނީ، ރިޔާސީ އިންތިޚާބަށް ކުރިމަތިލުމަށް އެދޭ މީހުން އެކަމަށް އެދި އިލެކްޝަންސް ކޮމިޝަނަށް ހުށައެޅުމަށް ކުރިން ދީފައި އޮންނަ 10 ދުވަހުގެ މުއްދަތު 14 ދުވަހަށް އިތުރުކުރުމެވެ.

މިބިލަކީ، ޖޫން 19 ވަނަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ 2023 ވަނަ އަހަރުގެ ދެވަނަ ދައުރުގެ 13 ވަނަ ޖަލްސާއިން ފާސްކުރި ބިލެކެވެ.