މިއަހަރުގެ ސާފް ޗެމްޕިއަންޝިޕްގެ ފުރަތަމަ މެޗްގައި ގްރޫޕް "ބީ"ގެ ފުރަތަމަ މެޗުގައި ބޫޓާނާ ވާދަކޮށް، މުބާރާތުގެ މެހެމާނުންގެ ގޮތުގައި ބައިވެރިވާ ލުބްނާނުން 2-0 އިން މޮޅުވެއްޖެއެވެ.

ބެންގަލޫރުގެ ސްރީ ކަންތީރަވާ ސްޓޭޑިއަމްގައި ބުރާސްފަތި ދުވަހު ހަވީރު ކުޅުނު ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މެޗުގައި ފެނިގެން ދިޔަ ފުރަތަމަ ލަނޑު ލުބްނާނަށް ޖަހައިދިނީ، މެޗުގެ 80 ވަނަ މިނިޓގައި ޙަސަން ޢަލީ މާތޫޚުއެވެ. އަދި އެޓީމުގެ ދެވަނަ ލަނޑު ފަހުހާފުގެ އިތުރު ވަގުތުގެ 6 ވަނަ މިނިޓްގައި ކާމިޔާބުކުރީ ޚަލީލް ޢަބްދުއްސަލާމް ބަދުރެވެ.

މުބާރާތުގައި ލުބްނާން ކުޅޭ 2 ވަނަ މެޗުގައި އަންނަ އާދީއްތަ ދުވަހު ނުކުންނާނީ، ބޫޓާނާ ދެކޮޅަށެވެ. މި ގްރޫޕްގައި އެދުވަހު ދެން ކުޅޭ މެޗުގައި ވާދަކުރާނީ ރާއްޖެއާ ބަންގާޅެވެ.