އިތުބާރު ނެތްކަމުގެ މައްސަލައެއް ރައްޔިތުންގެ މަޖިލީހަށް ހުށައަޅާފައިވާތީއާއި އަދި އެ ނޯޓިސްގެ މުއްދަތު 26 ޖޫން 2023އަށް ހަމަވާތީ، ރައްޔިތުންގެ މަޖިލިސްގެ ރައީސްގެ ރަސްމީ ގެކޮޅު މ. މުރައިދޫގެއިން އަންނަ ހޯމަ ދުވަހު ނުކުމެވަޑައިގަންނަވާން ނިންމަވާފައިވާ ކަމަށް، ރައްޔިތުންގެ މަޖިލިސްގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

މުރައިދޫގެ ދޫކުރައްވައި، ރައީސް ނަޝީދު ދެން ވަޑައިގަތުމަށް ހަމަޖެހިފައިވަނީ، ގ. ބޭރުވެލި ގެއަށް ކަމަށްވެސް އެމަނިކުފާނު ވަނީ، ކަމާބެހޭ ފަރާރްތަކަށް އަންގަވާފައެވެ.

ރައީސް ނަޝީދުގެ އިތުބާރު ނެއްކަމުގެ މައްސަލަ މަޖިލީހަށް ވައްދާފައި ވަނީ، އެމަނިކުފާނުގެ ސަޕޯޓަރުން އިތުރު ސިޔާސީ ޕާޓީއެއް އުފެއްދުމުގެ މަސައްކަތުގައި އުޅުއްވާ ވަގުތެއްގައެވެ. އަދި، އެމްޑީޕީގެ ގިނަ މެންބަރުންތަކެއް ކެނޑިގެން އަލަށް އުފައްދާ ދަ ޑިމޮކްރެޓިކްސް އާ ގުޅެމުންދަނިކޮށެވެ.

ރައްޔިތުންގެ މަޖިލީހުގެ އަމީން އާންމަށް ރައީސް ނަޝީދު ފޮނުއްވި ސިޓީފުޅެއްގައި ވިދާޅުވީ، އެމަނިކުފާނަށް ދެއްވާފައިވާ، 14 ދުވަހުގެ ނޯޓީސް ޖޫން 26އަށް ހަމަވާތީ، އެދުވަހުން ފެށިގެން މ. މުރައިދޫގެ ދޫކުރައްވައި، ގ. ބޭރުވެލި އަށް ބަދަލުވެވަޑައިގަންނަވާނޭ ކަމަށެވެ.