ރާއްޖޭން މިއަހަރު ޙައްޖަށްދާ، ޙައްޖާޖީންގެ އެންމެ ފަހުގެ ގްރޫޕްގައި ހިމެނޭ ފަރާތްތަކަށް ބައްދަލުކޮށް، އެފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް އަލްވަދާޢު ވިދާޅުވެއްޖެއެވެ.

މިއަހަރުގެ ޙައްޖުގެ މަތިވެރި އަޅުކަން އަދާކުރުމަށް އެންމެފަހުން ފުރި މިގުރޫޕުގައި ހިމެނެނީ، މޯލްޑިވްސް ޙައްޖު ކޯޕަރޭޝަންގެ ހަވާލުގައި ފުރާ 288 ޙައްޖާޖީންނެވެ.

ރައީސް އިބްރާހީމް ވަނީ، މިއަދު މެންދުރު ފަހު، ވެލާނާ އިންޓަރ ނޭޝަނަލް އެއަރޕޯޓަށް ވަޑައިގެން، މިއަދު ފުރާން ހަމަޖެހިފައިވާ ހައްޖާޖީންނާ ބައްދަލުކުރައްވައި، އެފަރާތްތަކުގެ ޙާލު ބައްލަވައިލައްވާފައެވެ. އަދި އެމަނިކުފާނުގެ ހެޔޮދުޢާތައް ވަނީ ހައްޖާޖީންނާއި އެކުގައި ކަމުގައި ވިދާޅުވެ، ހައްޖުވެރީންނަށް މަބުރޫރް ޙައްޖަކަށް އެދިވަޑައިގެންނެވިއެވެ.