ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، ކުއްލިގޮތަކަށް ސިންގަޕޫރަށް އަމިއްލަ ދަތުރުފުޅެއް ކުރަށްވައިފިއެވެ.

ރައީސް އިބްރާހީމްގެ މި ދަތުރުފުޅާ ބެހޭގޮތުން ރައީސް އޮފީހުން ބުނެފައިވަނީ، އެމަނިކުފާނު ސިންގަޕޫރަށް ކުރެއްވި ނުރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މިރޭ ރާއްޖެއަށް ވަޑައިގަންނަވައިފި ކަމަށެވެ.

ރައީސް އިބްރާހީމް ސިންގަޕޫރަށް ކުއްލި ދަތުރުފުޅެއް މި ކުރެއްވީ، ސީޝެލްސްގެ ރައީސް ވޭވަލް ރާމްކަލާވަން ރާއްޖެއަށް ކުރެއްވި ފުރަމާނަ ދަތުރުފުޅުގެ ނިމުމާ ދާދި އެކުއެކީގައެވެ.