ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިހުގެ ދަޢުވަތަކަށް، ސީޝެލްސްގެ ރައީސް ވޭވަލް ރާމްކަލާވަން އާއި އެމަނިކުފާނުގެ އަނބިކަނބަލުން ލިންޑާ ރަމްކަލަވަން ރާއްޖެއަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލައްވައި  ސީޝެލްސްއަށް ފުރާވަޑައިގެންފިއެވެ.

ސީޝެލްސްގެ ރައީސްގެ މި ދަތުރުފުޅުގައި ދެޤައުމުގެ ލީޑަރުން ބައްދަލުކުރައްވައި ދެޤައުމުގެ ދެމެދު ރަސްމީ ވާހަކަފުޅުތައް ބާއްވަވައި ދެޤައުމުގެ ދެމެދު އެކި ދާއިރާތަކުން އެއްބާރުލުން ދިނުމުގެ އެއްބަސްވުންތައް ބަދަލުކުރައްވައި ދެޤައުމުގެ ލީޑަރުން މީޑިޔާއާ ބައްދަލުކުރައްވައި ގުޅިފައިވާ ބަޔާންނެއް ދެއްވާފައިވެއެވެ.ސީޝެލްސްގެ ރައީސްގެ ދެކަނބަލުންގެ ޝަރަފުގައި ރައީސުލްޖުމްހޫރިއްޔާ ދެކަނބަނލުން ވަނީ މެންދުރުގެ ފަރިއްކޮޅެއް ދެއްވާފައެވެ. އަދި ސީޝެލްސްގެ ރައީސްގެ ފުރަމާނަ ދަތުރުފުޅުގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ ސޭޝޭލްސްގެ ރައީސްގެ އަރިހަށް އިޙްތިރާމުގެ ޒިޔާރަތެއް ކުރައްވާފައެވެ.

މި ފުރަމާނަ ދަރުފުޅުގެ ނިމުން ފާހަގަކޮށް ދެޤައުމު ގުޅިގެން، ޖޮއިންޓް ކޮމިއުނިކޭއެއް ނެރެފައިވާއިރު ދެ ޤައުމުގެ އެކުވެރިކަމުގެ ގުޅުން އެގޮތުގައި ކުރިޔަށްގެންދިއުމާއި ދެ ޤައުމަށްވެސް ފައިދާހުރި ދާއިރާތަކުގައި ގުޅިގެން މަސައްކަތްކުރަމުން ގެންދާނެކަން ފާހަގަކުރައްވާފައިވެއެވެ.