ރައްޔިތުންގެ މަޖިލީހުގެ ރައީސްކަމުން، މުޙައްމަދު ނަޝީދު (އަންނި) ދުރުކުރާން އެމަނިކުފާނުގެ އެމްޑީޕީގެ ޕާލިމަންޓް ގްރޫޕުން ނިންމައި، 54 މީހުންގެ ސޮއި ހޯދައި، މަޖިލީހަަށް މައްސަލަ ވައްދައިފިއެވެ.

އަންނި މަގާމުން ދުރުކުރާން މަސައްކަތް ފެށީ އިއްޔެއެވެ. ރައްޔިތުންގެ މަޖިލީހުގެ ރައީސް މަގާމުން ވަކިކުރަން ބޭނުންވަނީ 43 މެމްބަރުންގެ ވޯޓެވެ.