ބޮލީވުޑްގެ މަޝްހޫރު ބަތަލާ މަލައިކާ އަރޯރާ މިވަގުތު ދަނީ، އޭނާގެ ދޮންބައްޕަ އަނިލް މެހެތާ ނިޔާވުމުން އެކަމުގެ ހިތާމަ ފާޅުކުރަމުންނެވެ. މެހެތާ މަރުވުމުން މަލައިކާ ވަނީ، އެކަން އޭނާގެ އިންސްޓަގްރާމްގައި ހިއްސާކޮށް، އޭނާގެ ހަޔާތުގައި އެންމެ ލޯބިވާ އެއް ޝަހުސިއްޔަތުގެ ގޮތުގައި ފާހަގަކޮށް. މެހެތާއަށް ޓްރިބިއުޓެއް ދީފައެވެ.

ބޮލީވުޑްގެ މަޝްހޫރު ސިންމަޓޯގްރަފަރ، އަދި ޑައިރެކްޓަރ އަނިލް މެހެތާ މަރުވީ، މިދިޔަ އަންގާރަ ދުވަހު މުމްބާއީގައި ހުންނަ އޭނާގެ އެޕާޓްމެންޓް އިމާރާތުން ފުންމާލައިގެން ކަމަށްވެއެވެ. އަދި އޭނާ މަރުވުމުގެ ކުރީން، މަލައިކާއަށާއި އަމްރީތާ އަރޯރާށް ފޯނުން ގުޅި ކަމަށާއި، އޭގެ ފަހުން ފޯނު ނިއްވާލިކަމަށް ރިޕޯޓުތައް ބުނެއެވެ. އަދި މިއީ އަމިއްލައަށް މަރުވުމެއްތޯ، ނުވަތަ ދިމާވި ހާދިސާއެއްގެ ސަބަބުން މެދުވެރިވި ކަމެއްތޯ ބެލުމަށް މިހާރު ދަނީ ޕޯސްޓްމޯޓަމް ހެދުމުގެ މަސައްކަތް ކުރަމުންނެވެ.

މެހެތާގެ ވަކިވުމާ ގުޅިގެން މަލައިކާގެ އާއިލާގެ ތެރޭގައި ހުސްކަމެއް އުފެދިފައިވާއިރު، މި ހިތްދަތި ދަނޑިވަޅުގައި ސަޕޯޓަރުން އަންނަނީ މަލައިކާ އަށާއި އޭނާގެ އާއިލާއަށް ތައުޒިޔާ ފޮނުވަމުންނެވެ. 

މެހެތާގެ ކުއްލި ވަކިވުމުގެ ސަބަބުން އެ އާއިލާ ވަނީ ވަރަށް ބޮޑު ފުންހިތާމައެއްގެ ތެރެއަށް ވެއްޓިފައެވެ. ހިތާމައިގެ މި ދަނޑިވަޅުގައި މަލައިކާގެ ސަޕޯޓަރުން އަންނަނީ ޢާއިލާއަށް ތައުޒިޔާ ކިޔަމުންނެވެ. އަދި ލޯތްބާއި އިހްތިރާމާއެކު ދަނީ، މި ފުން ހިތާމައިން އަވަހަށް އަރައިގަތުން އެދި ހިތްވަރުގެ ބަސްތައް ފޮނުވަމުންނެވެ.