އެމޭޒަން ޕްއިމްގެ މަޝްހޫރު ޑްރާމާ ސީރީޒް "މިރްޒާޕޫރު"ގެ ކުރިއަށް އޮތް އެޑަޕްޓޭޝަންގައި، ބޮލީވުޑްގެ މަޝްހޫރު ތަރި، ރިތިކް ރޯޝަން، ފެނިގެން ހިނގައިދާނޭކަމަށް މިވަނީ އަޑުފެތުރިފައެވެ.  ބޮލީވުޑްގައި އަޑުތައް ފެތުރިފައިވާ ގޮތުން ރިތިކް ފެނިގެން ދާނީ، މިސީރީގައި ޕަންކަޖް ތުރިޕަތީ ކުޅެފައިވާ ކަލީން ބައްޔާގެ އައިކޮނިކް ރޯލުންނެވެ.

ޕަންކަޖް ތުރިޕަތީ ވަނީ މިރްޒާޕޫރު ސީރީޒްގައި ކަލީން ބައްޔާއަށް ދިރުން ގެނެސްދީފައެވެ. ނަމަވެސް ފިލްމު އެޑަޕްޓޭޝަންގައި ދެން މި އައިކޮނިކް ރޯލުން ފެންނާނެކަމަށް ބުނަނީ ރިތިކެވެ.

މިރްޒާޕޫރުގައި ރިތިކްގެ ޝާމިލްވުން ރަސްމީކޮށް އަދި އިއުލާނު ކޮށްފައި ނުވި ނަމަވެސް، މި ވާހަކަތަކުގެ ސަބަބުން، ސަޕޯޓަރުންގެ މެދުގައި ވަނީ ސީރީޒާ މެދު އޮތް ޝައުގުވެރިކަން އިތުރުވެފައެވެ. އަދި މިއީ ތަފާތު ބަދަލަކަށް ވެގެންދާނޭ ކަމަށް އެފަރާތްތަކުން ބުނެއެވެ.

ފޭނުން ތިބީ، ކަލިން ބައްޔާގެ ކެރެކްޓާއަށް ރިތިކް އޭނާގެ އަމިއްލަވަންތަ، ތަފާތު ބަދަލުތަކެއް ގެނެސްދޭނީ ކިހިނެއްތޯ ބެލުމަށް ފޭނުން ތިބީ ޝައުގުވެރިވެފައެވެ.

މި ޚަބަރާއެކު "މިރްޒާޕޫރު" ފްރެންޗައިޒަށް އަންނާނެ އެދެވޭ ބަދަލުތަކާ ބެހޭގޮތުން މިހާރުވެސް މިވަނީ ބަހުސުތައް ފެށިފައެވެ. އެގޮތުން، ގިނަ ބަޔަކު ގަބޫލުކުރާ ގޮތުގައި ރިތިކް ފަދަ ބޮލީވުޑްގެ މަޝްހޫރު ތަރިއެއް މި ސީރީޒާ ގުޅުމުގެ ނަތީޖާއަކަށް ވާނީ، ގިނަ ބައެއްގެ ޝައުގުވެރިކަން މިރުޒާޕޫރަށް ލިބި، އާ އުސްމިންތަކަކަށް މަގުބޫލުކަން ދިއުމެވެ.