ކެންޔާގެ އިންޓަނެޓް މާކެޓުގައި މަޝްހޫރު ސްޓާލިންކާއި ސަފާރީކޮމްއާ ދެމެދު ވަރުގަދަ ވާދަވެރިކަމެއް މިވަނީ ފެށިފައެވެ.

އެލޮން މަސްކްގެ ސެޓެލައިޓް ބޭސްޑް ހިދުމަތް ކަމަށްވާ ސްޓާލިންކުން، ސިޓީ ތަކުގެ އިތުރުން، މާބޮޑު ތަރައްގީއެއް ލިބިފައި ނުވާ އަވަށްތަކާއި ދުރު ހިސާބުތަކުގައި ހިދުމަތް ފުޅާކުރަމުން އަންނައިރު، އެގައުމުގައި މުއާސަލާތީ ޚިދުމަތް ފޯރުކޮށްދޭ އެންމެ ބޮޑު އެއް ކުންފުނި ކަމަށްވާ ސަފާރީކޮމް އިން ދަނީ އިންފްރާސްޓްރަކްޗާއަށް ބޮޑެތި އިންވެސްޓްމަންޓްތަކެއް ކުރަމުންނެވެ.

މުއާސަލާތީ ޚިދުމަތްދޭ ބޮޑެތި ކުންފުނިތަކުގެ މި ވާދަވެރިކަމުގެ ސަބަބުން ކައިރި މުސްތަގުބަލެއްގައި ކެންޔާގައި އަގުތައް ދަށްވެ، ހިދުމަތުގެ ފެންވަރު ރަނގަޅުވުމުން ކަސްޓަމަރުންނަށް ބޮޑެތި ފައިދާ ކުރާނެ ކަމަށް ބެލެވެއެވެ.

ކެންޔާގެ ޤާނޫނުހަދާ މަޖިލީހުގެ މެންބަރެއް ކަމަށްވާ ގިޓޯންގާ ވަނީ ރޫރަލް ކަނެކްޓިވިޓީއަށް އިސްކަން ދިނުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ.

ހަނގުރާމައިގެ ނުތަނަވަސްކަމެއްގެ ތެރޭގައި ހަލަބޮލިވެފައިވާ ކެންޔާގައި އިންޓަނެޓްގެ ހިދުމަތް ފުޅާކުރެވޭނޭ ގޮތްތައް އަދިވެސް އޮތީ އޮޅުންބޮޅުންގަނޑެއްގެ ތެރޭގައެވެ. ނަމަވެސް، ޚިދުމަތްދޭ ފަރާތްތަކުގެ މެދުގައި އުފެދެމުން މިދާ ވާދަވެރިކަމުގެ ސަބަބުން ވިޔަފާރިތަކަށާއި ތައުލީމާއި އިގްތިސާދީ ކުރިއެރުމަށް ވަރަށް ބޮޑު އަސަރެއް ކުރާނެ ކަމަށް ތަޖްރިބާކާރުން ލަފާކުރެއެވެ.