އާސެނަލުން މިވަނީ ބްރެޒިލްގެ ފޯވާޑެއް ހޯދުމަށް ގިނަ މަސައްކަތްތަކެއް ކޮށްފައެވެ. ސިއްރެއްގެ ގޮތުގައި އޮތް މި ކުޅުންތެރިޔާ ހޯދުމުގެ މަސައްކަތަށް ވަނީ ހުރަސް އެޅިފައެވެ.

ނަން ހާމަނުކުރާ މިކުޅުންތެރިޔާއަށް 30 މިލިއަން ޔޫރޯގެ ހުށަހެޅުމެއް އެ ކްލަބުން ހުށަހެޅިނަމަވެސް، އެ ކުޅުންތެރިޔާ ވަނީ ގަނަރސްގެ ހުށަހެޅުމަށް ނޫނެކޭ ބުފައި ކަމަށް ކްލަބުގެ މަސްދަރުތަކާ ހަވާލާދީ ރިޕޯޓުތައް ބުނެވެ.  

ކުޅުންތެރިޔާގެ ވަނަވަރު އަދި ސިއްރެއްގެ ގޮތުގައި އޮތް ނަމަވެސް، އާސެނަލުން އެޓީމުގެ އެޓޭކިންގ ވަރުގަދަކުރުމަށް ކުރަމުންދާ މަސައްކަތަށް ހުއްޓުމެއް ނާންނާނެކަމަށް، ޓީމާ ގާތް ބައެއް ފަރާތްތަކާ ހަވާލާދީ ރިޕޯޓުތައް ލަފާކުރެއެވެ.

އާސެނަލުން މާ ސިއްރިއްޔާތުގައި ޖައްސަމުން މިދާ ނަންހާމަ ނުކުރާ ކުޅުންތެރިއަކީ، އަނެއްކާ ހަމަ ބާސެލޯނާއަށް ކުޅެމުން އަންނަ ބްރެޒިލްގެ ހުނަރުވެރި މިޑްފީލްޑަރ ރަފިންހާ ނޫންބާވައެވެ. އެހެނީ، އެ ކްލަބުން ރަފިންހާއަށް އޮތް ޝައުގުވެރިކަން އެންމެ ފަހުން ކުރިއަށް ނުގެންދެވުނީ، އޭނާގެ ހުށަހެޅުންތައް ގިނަކަމުން ކަމަށް ވެއެވެ.

އެގޮތުން، ޕްލޭޓައިމް ގެރެންޓީ ދިނުން މިއީ ވާދަވެރި ކުޅުމެއްގެ ތެރޭން، ފުރަތަމަ އެގާރައިން ޖާގަހޯދަން މަޖުބޫރުކުރުވާ ސިޔާސަތެއް ގެންގުޅޭ އާސެނަލަށް އެހާ ފަސޭހަ ހުށަހެޅުމަކަށް ނުވީ ކަމަށާއި ނަމަވެސް އަދިވެސް، އިތުރު ގޮތްތަކެއް ހޯދޭތޯ އެ ކްލަބުން މަސައްކަތްކުރާނޭކަމަށް ދިރާސާކުރާ ފަރާތްތަކާ ހަވާލާދީ ކުޅިވަރު ޚަބަރުތައް ބުނެއެވެ.