ރާއްޖޭގައި އިންފުލުއެންޒާ އިތުރުވަމުންދާތީ އެކަމަށް ސަމާލުވާން އެދިއްޖެއެވެ.

އައިޖީއެމްގެ އެތެރެހަށީގެ ޑރ. މުހައްމަދު އަލީ މިއަދު ސޯޝަލް މީޑިއާގައި ކުރި ޕޯސްޓެއްގައި ވިދާޅުވީ މި ފަހަކަށް އައިސް ރާއްޖޭގައި އިންފްލުއެންޒާ، އެޗް1އެން1ގެ ކޭސްތައް އިތުރުވަމުންދާ ކަމަށެވެ.

މިހާރު ވެސް ތިން ޒުވާނަކަށް އެ ބަލީގައި ވެންޓިލޭޓަރުގައި ފަރުވާ ދެމުން އަންނަ ކަމަށާއި ފާއިތުވި މަހެއްހާ ދުވަހުގެ ތެރޭގައި އިންފުލުއެންޒާގައި ޒުވާނަކު މަރުވެފައިވާ ކަމަށް ވެސް ޑޮކްޓަރު ވިދާޅުވިއެވެ.

ޑރ. މުހައްމަދު އަލީ ވަނީ އެ ބަލިން ރައްކާތެރިކަން ހޯދަން ވެކްސިން ޖެހުމަށް އެދިވަައިގެންނެވެ.