މާލެ އާއި ވިލިމާލެއާ ދެމެދު ސީ-އެމްބިއުލާންސްގެ ހިދުމަތް ފަށައިފި އެވެ.

ސީ އެންބިއުލާންސް ހިދުމަތް ފެށުމުގެ އެއްބަސްވުމުގައި ހެލްތު މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ޑރ. އަބްދުﷲ ހަލީލްއެވެ. ދަރުމަވަންތަ ހޮސްޕިޓަލުގެ ފަރާތުން ސޮއިކުރެއްވީ އެ ހޮސްޕިޓަލުގެ ޗީފް އެގްޒެކެޓިވް އޮފިސަރު އިބްރާހިމް އަބްދުއް ރައްޒާގު ހަލީމްއެވެ.

މި ރަސްމިއްޔާތުގައި ހެލްތު މިނިސްޓަރު ޑރ. އަބްދުﷲ ހަލީލު ވިދާޅުވީ ވިލިމާލޭ ހޮސްޕިޓަލަށް ދިމާވެފައިވާ އެންމެ ބޮޑު ދައްޗަކީ އިމަރޖެންސީގައި ބަލި މީހުން އައިޖީއެމްއެޗަށް ގެންދިއުމަށް މިހާރު ހުރި ދަތިކަން ކަމަށް އެ ހޮސްޕިޓަލުން ފާހަގަކުރާ ކަމަށާއި އެހެން ކަމުން މިއަދު ޙަވާލުކުރެވުނު ސީއެމްބިއުލާންސް އާއި އެކު މިކަމަށް ޙައްލު ލިބިގެންދާނެ ކަމަށް ކަމަށެވެ.

ސީ އެންބިއުލެންސްގެ ހިދުމަތް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައި ވަނީ ވިލިމާލެ ހޮސްޕިޓަލް އަދި ދަރުމަވަންތަ ހޮސްޕިޓަލްގެ ބެލުމުގެ ދަށުން 24 ގަޑިއިރުގެ ހިދުމަތް ލިބޭ ގޮތަށެވެ.

ސީ އެންބިއުލެންސްގެ ހިދުމަތް ފެށި އިރު، ވިލިމާލޭގައި 100 އެނދުގެ ޓާޝަރީ ހޮސްޕިޓަލެއް ހަދަން ސަރުކާރުން ވަނީ ނިންމައިފައެވެ.