ރާއްޖޭގެ އިރުމަތީގައި އުފެދިފައިވާ ކޮޅިގަނޑެއް ރާއްޖެ ހުރަސްކޮށް އަރަބިކަނޑަށް ޖެހެމުންދާއިރު ކުރަމުންދާ ވިއްސާރައިގައި، ގުގުރުމާއެކު ބޯކޮށް ވާރޭވެހި، ގަދަ ވަޔާއެކު ކަނޑުތައް ގަދަވާނޭކަމަށް ލަފާކޮށް، 10 ޖަނަވަރީ 20:00 - 11 ޖަނަވަރީ 00:00 ނިޔަލަށް، 8 އަތޮޅަކަށް ރީނދޫ ސަމާލުނެރެފިއެވެ. 

މޫސުމާ ބެހޭ ގައުމީ އިދާރާއިން ބުނީ، ކުރިއަށް އޮތް 3 ދުވަހު ރާއްޖޭގެ އެކިހިސާބަށް ވިއްސާރަކޮށް، ވައިގަދަވެ، ކަނޑުތައް ގަދަވާނެކަމަށް ލަފާކުރެވޭ. ވީމާ މޫސުމަށް ސަމާލުވުމަށް އެދޭ ކަމަށެވެ. އެގޮތުން، ބޯކޮށް ވާރޭވެހުމާއެކު ގުގުރުން އަދި ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައި ގަދަވެ ކަނޑުތައް ގަދަވާނެކަމަށް ލަފާކުރެވޭތީ، ޅ އަތޮޅުން ފެށިގެން ދ އަތޮޅާ ހަމައަށް ވަނީ ރީނދޫ ސަމާލުނެރެފައެވެ. 

މީގެ އިތުރުން، ބޯކޮށް ވާރޭވެހުމާއެކު ގުގުރުން އަދި ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައި ގަދަވާނެކަމަށް ލަފާކުރެވޭތީ، 10 ޖަނަވަރީ 17:15 - 10 ޖަނަވަރީ 23:00އާ ހަމައަށް، ހއ އަތޮޅުން ފެށިގެން ބ އަތޮޅަށް މެޓް އޮފީހުން ވަނީ ހުދުސަމާލުވެސް ނެރެފައެވެ.