ރާއްޖޭގެ އޮންލައިން ސައިޓްތަކެއް ސަރުކާރުން ބްލޮކްކޮށްފައިވާތީ އެކަމާ ގުޅޭ ކުއްލި މައްސަލައެށް ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ އަށް ހުށަހަޅައިފިއެވެ.

އެ މައްސަލަ ހުށަހެޅުއްވީ ވެލިދޫ ދާއިރާގެ މެންބަރު މުހައްމަދު އަބްދުﷲ ޝަފީގު (މޯޑު) އެވެ. އޭނަ ހުށަހެޅުއްވި ކުއްލި މައްސަލަ ބަލައި ގަނެ، ބަހުސް ކުރުމަށް ފާސްކޮށްފައިވެއެވެ.

އޭނާ ވިދާޅުވީ ހިޔާލުފާޅު ކުރުމާއި ނޫސްވެރިކަމުގެ މިނިވަންކަމުގެ ހައްގު ގާނޫނުއަސާސީގައި ފުޅާ ދާއިރާއެއްގައި ދީފައިވާ އިރު ހަބަރާއި މައުލޫމާތު ފަތުރަމުން ދިޔަ ދެ ވެބްސައިޓެއް ބްލޮކްކޮށް ސަރުކާރުން އެ ހައްގަށް ހުރަސް އަޅަމުންދާ ކަމަށެވެ.

އެ ވެބްސައިޓުތައް ބްލޮކް ކުރުމަކީ ގާނޫނުއަސާސީއާ ހިލާފު އަދި ހިޔާލު ފާޅު ކުރުމުގެ މިނިވަންކަމަށް ހުރަސް އެޅޭ ގޮތަށް ދީފައިވާ އިންޒާރަކަށްވާތީ އެއީ ޑިމޮކްރެސީގެ ހިޔާތުގައި އެތައް އަހަރެއް ސޮއްސާލައިގެންދާ ފަދަ ބިރުވެރި ނިންމުމެއް ކަމަށް ވިދާޅުވިއެވެ.

މި ސަރުކާރުން ރެޖިސްޓްރީ ނުކޮށް ހިންގާ އޮންލައިން ތިން ނޫހެއް ބްލޮކްކުރިއެވެ. އެއީ ކުރުސީ.ކޮމް އާއި އޮއިވަރުގެ އިތުރުން ފުރަތަމައެވެ. ނަމަވެސް ފުރަމައަކީ ރެޖިސްޓްރީ ކޮށްފައިވާ ނޫހަކަށް ވާތީ ފަހުން އެ ސައިޓް ވަނީ އަންބްލޮކްކޮށްފައެވެ.