މަގު ހެދު މަސައްކަތް ހުއްޓިފައި އޮތް 17 ރަށެއްގެ މަގު ހެދުމުގެ މަސައްކަތް އަލުބް ފަށާފައިވާ ކަމަށް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ) އިން ބުނެފި އެވެ.

އެ ކުންފުނިން ބުނީ އޭގެ ތެރޭގައި ހިމެނެނީ އުތުރުގެ ހަތަރު ރަށަކާއި މެދުރާއްޖެތެރޭގެ ހަތް ރަށަކާއި ދެކުނުގެ ހަ ރަށެއްގެ މަގު ހެދުން ކަމަށެވެ. އަދި އެ ރަށްތަކަކީ ހއ. ދިއްދޫ، ކުޅުދުއްފުށި، ށ. މިލަންދޫ، ރ. ހުޅުދުއްފާރު، ނ. ހޮޅުދޫ، ނ. ވެލިދޫ، ޅ. ހިންނަވަރު، މ. މުލައް، އދ. މާމިގިލި، ދ. ކުޑަހުވަދޫ، ތ. ތިމަރަފުށި، ލ. ގަން ފޭސް 2، ގއ. ކޮލަމާފުށި، ގއ. ވިލިނގިލި ފޭސް 2، ގދ. ތިނަދޫ ފޭސް 2، ގދ. ގައްދޫ އަދި މާލޭގެ އަމީނީ މަގެވެ.

އާރްޑީސީން ބުނީ މަގު ހެދުން އަލުން ފެށުމަށް ފަހު، އެންމެ ބޮޑު އަމާޒަކަށްވެފައި އޮތީ ވީހާ ވެސް އަވަހަކަށް މަސައްކަތްތައް ނިންމުން ކަމަށެވެ.