ތިން ތަނަކަށް ސަރުކާރުން ކަނޑައަޅުއްވާ ސަފީރުންނަށް ރުހުން ހޯއްދެވުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މަޖިލީހަށް ފޮނުއްވައިފިއެވެ.

އެގޮތުން ހުށަހަޅުއްވާފައިވަނީ ރާއްޖެއިން އިނގިރޭސިވިލާތަށް ކަނޑައަޅުއްވާ ސަފީރު ކަމަށް ޑރ. އިރުތިޝާމް އާދަމް، ރާއްޖެއިން ޔޫއޭއީއަށް ކަނޑައަޅުއްވާ ސަފީރު ކަމަށް މުހައްމަދު ހުސައިން ޝަރީފު (މުންދު) އަދި އ.ދގައި ހުންނަވާ ރާއްޖޭގެ ދާއިމީ މަންދޫބު ކަމަށް ޑރ. އަލީ ނަސީރު މުހައްމަދުއެވެ.

މި ބޭފުޅުންނަށް ރުހުން ހޯދުމަށް މަޖިލީހަށް ފޮނުވުމުން މިއަދު ވަނީ އެކަން މަޖިލީހުގެ ތަޅުމުގައި އިއުލާނުކޮށްފައެވެ. އަދި މި މައްސަލަ ދިރާސާކުރުމަށް ވަނީ މަޖިލީހުގެ ހާރިޖީ ގުޅުންތަކުގެ ކޮމިޓީއަށް ފޮނުވާފައެވެ.