މާލެ ސިޓީއަށް ނިސްބަތްވާ، ފުރަ މާލެއާއި، ހުޅުމާލެއާއި، ވިލިމާލޭގެ މުނިސިޕަލް ހުރިހާ ހިދުމަތްތައް މާލޭ ސިޓީ ކައުންސިލުން ދޭގޮތަށް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ނިންމެވުމާ ގުޅިގެން، އެކަމަށްޓަކައި ކުރަންޖެހޭ އިދާރީ މަސައްކަތްތައް ރައީސް އޮފީހުން ފަށައިފިއެވެ. 

ހުޅުމާލޭގެ ދެފިޔަވަހީގެވެސް ހުރިހާ މިފަދަ ޚިދުމަތްތަކެއް މީގެ ކުރީން ގެންދިޔައީ އާބަންކޯ (އެޗްޑީސީ)ގެ ދަށުންނެވެ. ނަމަވެސް، މާލެ ސިޓީގެ ރައްޔިތުންގެ އެދުމާ އެއްގޮތަށް، އަދި ރައީސް މުޢިއްޒު ރިޔާސީ ކެމްޕޭނުގައި ވަޢުވެވަޑައިގެންފައިވާ ގޮތަށް، އެމަނިކުފާނު މިވަނީ ބަދަލުތައް ގެންނަވާން ފައްޓަވައިފައެވެ.