ޖަރާސީމުން ތަޣައްޔަރުވެފައިވާ އަދި ނޮވެމްބަރު 3އަށް މުއްދަތު ހަމަވާ ޗީޒްގެ ބާވަތެއް ރާއްޖޭގެ ބާޒާރަށް އެތެރެވެފައި ވާތީ، އެކަމަށް ސަމާލު ވުމަށާއި އަދި އެބާވަތުގެ ޗީޒް ނުވިއްކުމަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ، އެމްއެފްޑީއޭން އިލްތިމާސްކޮށްފިއެވެ. 

އެމްއެފްޑީން ނެރުނު ބަޔާނެއްގައި ވަނީ، ފަރަންސޭސިވިލާތުގެ މި އުފެއްދުން، ރާއްޖެއަށް އެތެރެވެފައިވާ ކަމުގެ މައުލޫމާތު ދުނިޔޭގެ ސިއްޙަތު ޖަމިއްޔާ އަދި ޔޫރަޕްގެ ރެޕިޑް އެލަރޓް ސިސްޓަމް ފޯރ ފުޑް އެންޑް ފީޑްއިން ދީފައިވާ ކަމަށެވެ. 

ތަޣައްޔަރުވެފައިވާ ޗީޒްގެ މައުލޫމާތު

 

މިބާވަތުގެ ޗީޒްގެ ސަބަބުން، އެއިން އުފައްދާ ކާބޯތަކެތީގެ ރައްކާތެރިކަމަށް ހިރާސްތައް އޮތް މިންވަރު ބެލުމުގެ މަސައްކަތް އެމްއެފްޑީއޭއިންކުމުން ގެންދާކަމަށް އެ އޮތޯރިޓީން މައުލޫމާތުދެއެވެ.