ދިވެހިރާއްޖޭގެ ޤައުމީ އެއަރލައިން (މޯލްޑިވިއަން)ގެ ދަތުރުތައް އިންޑިއާގެ ބެންގަލޫރަށް ފަށައިފިއެވެ. 

ބެންގަލޫރަކީ ބޭސްފަރުވާއާއި އަދި ވިޔަފާރީގެ ބޭނުމަށްވެސް ދިވެހީން ވަރަށް ޢާންމުކޮށް ދަތުރުކޮށް ހަދާ މަންޒިލެކެވެ.

އައިލޭންޑް އޭވިއޭޝަނުން ބުނީ، ބެންގަލޫރަށް ދަތުރު ފަށަން ނިންމީ ބައިނަލްއަގްވާމީ މަންޒިލްތަކަށް ކުރާ ދަތުރު ފުޅާކުރުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން ކަަށާއި، އެގޮތުން، ކޮންމެ ހަފްތާއަކު 2 ފްލައިޓް ބެންގަލޫރަށް ބާއްވާނޭކަމަށެވެ. އެއީ ހޯމަ އަދި ބުރާސްފަތި ދުވަހުއެވެ. 

ގައުމީ އެއަރލައިންގެ ދަތުރުތައް މިހާރުވެސް އިންޑިއާގެ 2 މަންޒިލަކަށް ކުރެއެވެ. އެއީ، ޓްރިވެންޑްރަމާއި ކޮޗިންއެވެ. މީގެ އިތުރުން ބަނގުލަދޭޝް އަށްވެސް މޯލްޑިވިއަންގެ ދަތުރުތައް ކުރެއެވެ.